ޚާމަނާއީ އަވަހާރަކޮށްލި ފަރާތްތަކަށް އަދަބު ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގެ "ޚާތަމުލްއަންބިޔާ" ސެންޓްރަލް ހެޑްކުއާޓާސްގެ ކޮމާންޑަރު ވިދާޅުވީ، އީރާނުގެ ކުރީގެ ލީޑަރު އަވަހާރަކޮށްލުމުގައި ޒިންމާވާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އީރާނުގެ ސިފައިްނ ތިބީ ޢަޒުމު ކަނޑައަޅައިގެން ކަމަށެވެ. އަދި އެ ޖަރީމާ ހިންގި ފަރާތްތަކަށް "އަވަހަށް ނުވަތަ ލަސްވެގެން ވެސް" ހައްގު އަދަބު ލިބޭނެ ކަމަށް އޭނާ ޔަގީންކޮށްދެއްވިއެވެ.

އީރާނުގެ އިރުމަތީގައި އޮންނަ މަޝްހަދު ސަހަރުގައި، މިއަދު ބުރާސްފަތި ދުވަހު ކުރީގެ ލީޑަރު ޢަލީ ޚާމަނާއީ އާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުންގެ ޖަނާޒާގެ އެންމެ ފަހުގެ ރަސްމިއްޔާތުތައް ވަނީ ފެށިފައެވެ. މި ޖަނާޒާގެ ރަސްމިއްޔާތުތައް ފަށާފައި މިވަނީ، އިއްޔެ ބުދަ ޢިރާޤުގެ ނަޖަފް އާއި ކަރުބަލާގައި އެ މަރުހޫމުންނަށް އަލްވަދާއު ކިޔުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށްފަހު، އެނބުރި އީރާނަށް ޖަނާޒާތައް ގެނައުމަށްފަހުއެވެ.

ހިއްސާ ކުރައްވާ!