އެމެރިކާއިން ކަޝްމީރަށް ސަމާލުކަން ދޭކަން ހާމަކޮށްފި

އިންޑިއާއަށް ކަނޑައަޅުއްވާފައި ހުނުވާ އެމެރިކާގެ ސަފީރު ސާޖިއޯ ގޯ، ޖައްމޫ އެންޑް ކަޝްމީރުގެ ސުރީނަގަރަށް ކުރެއްވި ޚާއްޞަ ދަތުރުފުޅުގައި ޗީފް މިނިސްޓަރ އުމަރު އަބްދުاللهއާ ބައްދަލުކުރައްވައިފިއެވެ. މިއީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެމެރިކާއިން އިންޑިއާއަށް ކަނޑައެޅި ސަފީރަކު ސުރީނަގަރަށް ކުރެއްވި ފަސްވަނަ ރަސްމީ ޒިޔާރަތެވެ.

މި ދަތުރުފުޅާއެކު، ޖައްމޫ އެންޑް ކަޝްމީރަށް ދަތުރުކުރުމުގައި އެމެރިކާގެ ރައްޔިތުންނަށް ނެރެފައިވާ އިރުޝާދުތައް މުރާޖައާ ކުރައްވައި ފަތުރުވެރިކަމަށް ފަހި ުރައްވާނެ ކަމުގެ އިޝާރާތެއް ސަފީރު ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ސަފީރު ސާޖިއޯ ގޯ ވަނީ ކަޝްމީރުގެ ސަރަޙައްދީ މައްސަލަތަކާ މެދު ވޮޝިންގޓަނުން ގެންގުޅޭ ސިޔާސަތު ސާފުކޮށްދީފައެވެ.

ޗީފް މިނިސްޓަރު ވަނީ އެމެރިކާގެ ސަފީރާ ބައްދަލު ކުރެއްވުމުގެ ކުރިން އެ ސަރަޙައްދުގެ އެތެރޭގެ ސިޔާސީ މައްސަލަތަކުގެ ވާހަކަ އެމެރިކާގެ ސަފީރާއެކު ނު ދައްކަވާނެ ކަމަށް ވިދާޅުވެފައެވެ.

1996 ވަނަ އަހަރަށްފަހު ސުރީނަގަރަށް ޒިޔާރަތްކުރެއްވީ އެމެރިކާގެ އެންމެ 5 ސަފީރުންނެވެ. އެއީ ފްރޭންކް ވިސްނަރ، ރޮބަޓް ބްލެކްވިލް، ޓިމޯތީ ރޯމަރ، ކެނެތު ޖަސްޓަރ އަދި މިހާރުގެ ސަފީރު ސާޖިއޯ ގޯއެވެ.

އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އުވާލިފަހުން 2020 ގައި ކެނެތު ޖަސްޓަރ ކުރެއްވި ދަތުރުފުޅަށްފަހު، ވަކިން ސުރީނަގަރަށް ވަޑައިގެންނެވި ފުރަތަމަ އެމެރިކާ ސަފީރަކީ ސާޖިއޯ ގޯއެވެ. ޕާކިސްތާނުން ވަނީ މި ދަތުރާ ދިމާކޮށް އެމެރިކާ ކުށްވެރިކޮށްފައެވެ.

ހިއްސާ ކުރައްވާ!