އެމެރިކާއިން އީރާނުގެ މުހިންމު ތަންތަނަށް ޓެރަރިސްޓް ހަމަލަ އަމާޒު ކުރާނަމަ މެދުއިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ ބާކީ ހުރި ހުރިހާ އުމްރާނީ ވަސީލަތްތަކަކާއި އަސްކަރީ މަރުކަޒުތަކަށް އީރާނުގެ ސިފައިން "ފުނޑުފުނޑުކޮށްލާ ފަދަ" ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އީރާނުގެ އަސްކަރީ ކޮމާންޑުން ބުރާސްފަތި ދުވަހު އިންޒާރުކޮށްފިއެވެ.
އީރާނުގެ ޚާތަމުލްއަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު އިބްރާހީމް ޒުލްފިޤާރީ ވިދާޅުވީ، އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމުގެ ޕްލޭންތައް ތަންފީޒުކޮށްފިނަމަ، މިހާތަނަށް ސަލާމަތުން ހުރި ސަރަހައްދީ ހުރިހާ ވަސީލަތްތަކަކަށް އީރާނުގެ ސިފައިން ހަމަލާދޭނެ ކަމަށެވެ. އަދި ހުރުމްޒް ކަނޑުއޮޅީގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަނުމުގެ ފުރުސަތު އީރާނުން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުން ބުނާ ގޮތުގައި ހުރުމުޒު ކަނޑު އޮޅިއަކީ އީރާންގެ ސިޔާދަތުގައި ހިމެނޭ ތަނެއް ކަމަށެވެ. އަދި އެތަނަށް ބޭރުގެ އެހެން ސަަރަހައްދަކުން އަންނަ ގައުމަކަށް ޔައުނީ އެމެރިކާއަށް އަތްބނައި ބަސް ކިޔުމަށް ފުރުސަތެއ ްނޯންނާނެ ކަމަށެވެ.
އީރާނުން އިންޒާރު ދީފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު އަލުން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އީރާނުން ދެކެނީ އެމެރިކާއާއެކު ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް ކަމަށެވެ. ޓްރަމްޕް ވަނީ ތަކުރާރުކޮށް އޭނާގެ ޚަބީސް ކަން ސާބިތުކޮށްދީ އޭނާއަކީ އަހުދާ ޚިލާފްވާ އިތުބާރެއް ނެތް މީހެއްކަން ސާބިތުކޮށްދީފައެވެ.
އީރާނު މީޑިއާއިން ބުޏާ ގޮތުގައި ޓްރަމްޕް އީރާނާ މުއާމަލާތު ކުރަން އުޅެނީ އޭނާ ނާޖާއިޒު ގުޅޚުން ހިންގައި ރޭޕް ކުރި އޮރިޔާން ފިލިމް ކުޅޭ ޑެނިއެލް ސްޓޯމީއާ މުއާމަލު ކުރާ ގޮތަށް ކަމަށެވެ. އެމަކަު އީރާނުން ޓްރަމްޕަށް އެ ފުރުސަތެއް ނުދޭނެ ކަމަށެވެ.
ޖުލައި 8 ވަނަ ދުވަހުން ފެށިގެން އަހުދާ ޚިލާފްވެ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަންނަނީ އީރާނުގެ ކޮމާންޑް ސެންޓަރުތަކަށާއި، ވައިގެ ދިފާއީ ނިޒާމުތަކަށާއި، އައްސޭރިފަށުގެ ފާރަލާ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތަކަކީ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ހުރަސްއަޅާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ދޭ ހަމަލާތަކެކެވެ. މީގެ ރައްދުގައި އީރާނުން ވަނީ ކުވެއިތު، ބަހުރައިނު އަދި އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ކާމިޔާބު ހަމަލާތަކެއް ދީފައެވެ.






