ދެން ދުވަހަކު ވެސް ރިޔާސީ އިންތިޚާބެއް ނުބާއްވާނެ!

ނިކަރާގުއާގައި ރިޔާސީ އިންތިހާބު ނުބާއްވާ ގޮތަށް ހަމަޖައްސައި އެކަން އެ ގައުމުގެ ރައީސް ޑެނިއަލް އޯޓޭގާ އިއުލާން ކުރައްވައިފި އެވެ.

މިއީ ހަތް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިކަރާގުއާއަށް އޭނާއާއި އޭނާގެ އަނބިކަނބަލުން އަތްގަދަކުރައްވާފައިވާ ކުރުން އިތުރަށް ވަރުގަދަކުރެއްވުމަށް ފާޅުކަން ބޮޑު ގޮތެއްގައި ނިންމެވި ނިންމެވުމެކެވެ.

"މި ގައުމުގައި ދެން ދުވަހަކުވެސް އިންތިޚާބެއް ނޯންނާނެ،" އޭނާގެ ވާާތުފިޔާއިގެ ހަރަކާތުގެ އިންގިލާބަށް 47 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ސަރުކާރުގެ އެއްވުމެއްގައި، މަދު ބަޔަކު ތަޅައިގަތް އަތްތިލަބަޑިއާއެކު ވާހަކަދައްކަވަމުން، އުމުރުން 80 އަހަރުގެ އޯޓޭގާ ވިދާޅުވިއެވެ. އެއަށްފަހު އޭނާ ވަނީ އޭނާއާ އިދިކޮޅު ފަރާތްތަކުން އިންތިޚާބުތައް ބޭނުންކޮށްގެން "ސަރުކާރުގައި މަރުތަޅު އަޅުވައި، ބާރުތައް އަތުލައިގަތުމަށް" މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އޯޓޭގާ އާއި އޭނާގެ އަނބިކަނބަލުން އަދި ކޯ-ޕްރެސިޑެންޓް ރޮސާރިއޯ މުރީޔޯ ވަނީ މެދުތެރޭ އަމެރިކާގެ މި ގައުމުގެ މައްޗަށް މުޅިން ކޮންޓްރޯލް ހޯދާފައިވާ އެތައް އަހަރެއް ވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އދ. އިން ބުނާ ގޮތުގައި، އެދެ ބޭފުޅުންގެ ސަރުކާރުން ވަނީ އިންތިޚާބުތަކުގެ ނަތީޖާ އޮޅުވާލައި، މުއައްސަސާތައް އުވާލައި، މުޒާހަރާކުރި މީހުން މަރައި، ޚިޔާލުތަފާތުވާ މީހުންނަށް އަމާޒުކޮށް، ފާޑުކިޔާ މީހުންނާއި ނޫސްވެރިންނާއި ދީނީީ ލީޑަރުންނާއި އިދިކޮޅު ސިޔާސީ މީހުންގެ އިތުރުން ސަރުކާރަށް ގިނަދުވަސްވީ ވަފާތެރިންވެސް ޖަލަށްލާފައެވެ.

އޯޓޭގާ އާއި މުރީޔޯގެ ކޮންޓްރޯލް އޮންނަ ނިކަރާގުއާގެ ކޮންގްރެސްއިން ދެ ރައީސުންގެ ދައުރު އިތުރުކުރުމާ ގުޅިގެން، ފެން އިންތިހާބެއް ބާއްވާ ނަމަ އޮންނާނީ އަންނަ އަހަރުއެވެ..

ހިއްސާ ކުރައްވާ!