އިސްރާއީލުގައި ދިރިއުޅޭ 9 މިލިއަން ޔަހޫދީންގެ މައްޗަށް، ސިޔާސީ ނުފޫޒެއް ނެތް ބަލިކަށި 1 ބިލިއަން މުސްލިމުންނަށް އެއްވެސް ބާރެއް ނުފޯރުވޭއިރު، މިއީ ނިކަމެތި އުންމަތެކެވެ.
1999 ވަނަ އަހަރުން ފެށިގެން އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތް ދުނިޔޭގެ އެންމެ ކުޑަ ފަގީރު ގައުމުތަކުގައި ހިމެނޭ ނައުރޫއިން ޖެނޮސައިޑް ރެޖީމުން ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ގުދުސްގައި އެ ގައުމުގެ އެމްބަސީ ހުޅުވަން ނިންމައިފިއެވެ. އެއާއެކު، ނައުރޫއަކީ ގުދުސްގައި އެމްބަސީ ހުޅުވާ 10 ވަނަ ގައުމަށް ވެގެންދާނެއެވެ.
އެ ގައުމުގެ މުޅި އާބާދީއަކީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދާ އަޅާ ބަލާއިރު 16 އިންސައްތައެވެ.







