މާމްދާނީ މީޑިއާ ހިލުވާލައި ރެކޯޑް މުގުރާލާއިފި

ނިއުޔޯކްގެ މޭޔަރު މައްމަދާނީ ނަތަންޔާހޫއަށް ކުރެއްވި ވަރުގަދަ ތުހުމަތުތަކާއެކު އިންޓަރނެޓް ގުޑުވާލައި އޭނާގެ ތަގްރީރު ބެލި މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެއެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު ޒުހްރާން މަމްދާނީ، އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުގެ ޖަރީމާތަކަށް ވަރުގަދައަށް ފާޑުވިދާޅުވެ ދެއްވި ތާރީޚީ ތަޤްރީރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާދަޔާޚިލާފަށް ބޮޑު މަޤްބޫލުކަމެއް ހޯދައި، މުޅި ދުނިޔެ ސިއްސުވާލައިފިއެވެ.

ތާރީޚީ ތަޤްރީރުގެ ތަފްސީލު

22 ޖުލައި 2026 ވީ ބުދަ ދުވަހު އާންމުކުރެއްވި މި ވީޑިއޯގައި، މަމްދާނީ ވަނީ ނަތަންޔާހޫއަކީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުއާންމުގެ މައި މޭސްތިރިއަކީ އޭނާ ކަމަށް ސީދާ ތުހުމަތު ކުރައްވާފައެވެ.

މީގެއިތުރުން، އިސްރާއީލުން ހިންގާ އުދުވާންތަކުގައި 73،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށާއި، އެތައް ހާސް ކުޑަކުދިންނެއްގެ ގުނަންތައް އައްސިކުރުމެއްނެތި ބުރިކުރަންޖެހޭ ފަދަ ލާއިންސާނީ ހާލަތަކަށް ޣައްޒާ ވައްޓާލާފައިވާތީ، މަމދާނީ ވަނީ ނަތަންޔާހޫގެ ސަރުކާރާއި، އެ އަނިޔާވެރިކަމަށް ވާގިވެރިވާ އެމެރިކާގެ ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ މަސްއޫލުވެރިންގެ ސިޔާސަތުތަކަށް ވަރުގަދައަށް ފާޑުވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގެ ރެކޯޑު އަދަދުތައް

މަމްދާނީގެ އޮފިޝަލް އެކައުންޓްތަކުން އާންމުކުރި މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ:

އިންސްޓަގްރާމް.. 100 މިލިއަން ވިއުސް، 8.5 މިލިއަން ލައިކްސް އަދި 3 މިލިއަން އިންޓަރެކްޝަންސް

އެކްސް…..  76 މިލިއަން ވިއުސް، 1 މިލިއަން ލައިކްސް އަދި 400،000 އިންޓަރެކްޝަންސް

ޓިކްޓޮކް:….. 24 މިލިއަން ވިއުސް، 7 މިލިއަން ލައިކްސް އަދި 1 މިލިއަން އިންޓަރެކްޝަންސް

ފޭސްބުކް:…. 11 މިލިއަން ވިއުސް، 800،000 ލައިކްސް އަދި 130،000 އިންޓަރެކްޝަންސް

ޖުމްލަ އަދަދު: މި ވީޑިއޯ ބެލި މީހުންގެ ޖުމްލަ އަދަދު 211 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، 17.3 މިލިއަނަށްވުރެ ގިނަ ލައިކްސްއާއެކު މުޅި އެންގޭޖްމަންޓްގެ އަދަދު ވަނީ 233 މިލިއަނަށް އަރާފައެވެ.

އިސްރާއީލުގެ ރުޅިއާއި އާންމުންގެ ތަރުޙީބު

މި ވީޑިއޯ ވަނީ އަރަބި އަދި އިނގިރޭސި މީޑިއާގެ ފުރަތަމަ ސަފުން ޖާގަ ހޯދައި، އިސްރާއީލުގެ އެތެރެއަށްވެސް ފެތުރިގެން ގޮސްފައެވެ. މީގެ ސަބަބުން އިސްރާއީލުގެ އަނިޔާވެރި ހަނގުރާމައަށް ތާއީދުކުރާ ފަރާތްތަކާއި މަސްއޫލުވެރިންގެ ނުރުހުމާއި ރުޅި މައްމަދާނީއަށް އަމާޒުވިއެވެ.

ނަމަވެސް،، ދުނިޔޭގެ އާންމުން ތިބީ އިންސާފާއި ޙައްޤުގެ ދިފާއުގައި ކެރިގެން ބަސްބުނާނެ ސީދާ ސިޔާސީ ލީޑަރަކަށް ބޭނުންވެފައެވެ. މައްމަދާނީ ދެއްކެވި މި ކެރޭ، އިންސާނީ ހިތްވަރާއެކު އޭނާ ވެވަޑައިގެންފައިވަނީ ދުނިޔޭގެ އެންމެ މަޤްބޫލު އަދި އިންސާފަށް ލޯބިކުރާ އެއް ލީޑަރަށެވެ.

ހިއްސާ ކުރައްވާ!