ކުވައިތުގެ ފޮރިން މިނިސްޓަރު ޝައިޚް ޖައްރާހް ޖާބިރު އަލްއަހުމަދު އައްސަބާހް، ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ސެނެޓަރު މުހައްމަދު އިސްހާގު ދާރުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި އިސްލާމްއާބާދަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އެކި ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ދެ ގައުމަށް ވެސް މުހިންމު ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުވެއިތުގެ ނުތަނަވަސް ކަމަކީ އީރާނުން މެދުނުކެނޑި އެގައުމުގައި ހުންނަ އެމެރިކާގެ އަސްކަރީ މަޒުކަޒުތަކަށް ދެމުންދާ ހަމަލައެވެ. ޕާކިސްތާނާ މަޝްވަރާ ކުރާއިރު އީރާނުން މިކަން ހުއްޓުވުމަށް ޝެއިޚު ޖައްރާހް ވާހަކަ ދައްކަވާނެއެވެ.





