ޖެފްރީ އެޕްސްޓީންގެ މައްސަލައަކީ ހަމައެކަނި އެކަހެރި ޖަޒީރާއެއްގައި ހިންގި ޖަރީމާތަކެއް ނޫނެވެ. އެއީ ދުނިޔޭގެ މާލީ އަދި ސިޔާސީ އެންމެ ބޮޑެތި ބާރުތަކާއި އިސްރާއީލުގެ ނުފޫޒުގެ ތެރެއިން އުފަންވެފައިވާ ވަރުގަދަ ނިޒާމެއް ކަމަށް ނަތަންޔާހޫގެ ގާނޫނީ ވަލީލު އަލަން ޑާޝޮވިޓްޒް ބުނެއެވެ. އިސްރާއީލުގެ ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރި މަޝްހޫރު ގާނޫނީ ވަކީލު އަދި އެޕްސްޓީންގެ އަމިއްލަ ވަކީލު އެލަން ޑާޝޮވިޓްޒް މި ކަމަށް އެއްބަސްވެ ވާހަކަ ދައްކާފައި ވަނީ ނޫސްވެރިޔާ ޕިއާސް މޯގަން އާއި ކޮމީޑިއަން ބާސެމް ޔޫސުފްގެ ޕޮޑްކާސްޓެއްގައެވެ.
ރޮޗައިލްޑް އާއިލާ: މުއްސަނދިކަމާއި، ނުފޫޒާއި، އޭގެ މުހިންމުކަން
ޑާޝޮވިޓްޒް ހާމަކުރި ގޮތުގައި، "އެޕްސްޓީންގެ މުޅި ވިއުގައާއި މަސައްކަތުގެ މަރުކަޒަކީ ރޮޗައިލްޑް އާއިލާއެވެ."
ރޮޗައިލްޑް އާއިލާއަކީ ކޮބާ؟ އަދި މުހިންމުވަނީ ކީއްވެ؟
-
މާލީ އެމްޕަޔަރ އުފެދުން: 18 ވަނަ ގަރުނުގެ ފަހުކޮޅު މޭޔަރ އަމްޝެލް ރޮޗައިލްޑް ޖަރުމަނުގައި ފެށި ބޭންކިންގ ވިޔަފާރި، އޭނާގެ 5 ފިރިހެން ދަރިން މެދުވެރިކޮށް ލަންޑަން، ޕެރިސް، ވިއެނާ އަދި ނޭޕްލްސްއަށް ފުޅާކުރިއެވެ. މިއީ ތާރީޚުގައި އުފެދުނު އެންމެ ބޮޑު މާލީ ބޭންކިންގ ޚާންދާނެވެ.
-
ސިޔާސީ އަދި އިޤްތިޞާދީ ނުފޫޒު: ޔޫރަޕްގެ ސަރުކާރުތަކަށް ބޮޑެތި ލޯނުތައް ދީގެން އޭގެ ތެރޭގައި އިނގިރޭސި ސަރުކާރުން ސުއޭޒް ކެނަލް ގަތުމަށް ދިން މާލީ އެހީ ފަދަ ކަންކަމުން ދުނިޔޭގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ބާރު އެއާއިލާއަށް ލިބުނެވެ.
-
އިސްރާއީލު އުފެއްދުމުގެ ދައުރު: ރޮޗައިލްޑް އާއިލާއަކީ ޔަހޫދީ ދައުލަތެއް ފަލަސްތީނުގެ ބިމުގައި އުފެއްދުމަށް މާލީގޮތުންނާއި ސިޔާސީގޮތުން އެންމެ ބޮޑަށް ޚަރަދުކޮށް، "ބެލްފޯ ޑިކްލަރޭޝަން" ނެރުމަށް މަގުފަހިކޮށްދިން އިސް އާއިލާއެވެ.
-
އެޕްސްޓީންއާ އޮތް ގުޅުން: ޑާޝޮވިޓްޒް ބުނި ގޮތުގައި، އެ އާއިލާގެ އިސް ފަރާތްތަކަކީ ވަކިން ޚާއްޞަކޮށް ލިން ފޮރެސްޓަރ ޑެ ރޮޗައިލްޑް އަކީ އެޕްސްޓީން ވަރަށް ރަނގަޅަށް ދަންނަ، އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އާއިލާއަށާއި އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫއަށް އެޕްސްޓީން ތައާރަފްކޮށްދިން މޭސްތިރިއެވެ.
އެލަން ޑާޝޮވިޓްޒްއަކީ ކާކު؟
-
މަޝްހޫރު ގާނޫނީ ވަކީލު: އެލަން ޑާޝޮވިޓްޒްއަކީ ހާވަޑް ލޯ ސުކޫލުގެ ތާރީޚުގައި އެންމެ ހަގު އުމުރުގައި ޕްރޮފެސަރުކަން ހޯދި، އެމެރިކާގެ އެންމެ ނުފޫޒުގަދަ އަދި މަޝްހޫރު އެއް ގާނޫނީ ވަކީލެވެ. އޭނާއަކީ އޯ.ޖޭ. ސިމްޕްސަން، މައިކް ޓައިސަން، އަދި ޑޮނަލްޑް ޓްރަމްޕް ފަދަ ބޮޑެތި މީހުންގެ ދިފާއީ ވަކީލެކެވެ.
އެޕްސްޓީން އަދި އިސްރާއީލާ އޮތް ގުޅުން:
-
އެޕްސްޓީންގެ ދިފާއީ ވަކީލު: 2008 ވަނަ އަހަރު އެޕްސްޓީންއަށް ތުހުމަތު ކުރި ޖިންސީ ކުށްތަކުގެ ތުހުމަތުތަކުން އޭނާ ސަލާމަތްކޮށް، ކުޑަ އަދަބެއް ލިބޭނެ ގޮތް ހަދައިދިން މައިގަނޑު ވަކީލަކީ ޑާޝޮވިޓްޒްއެވެ.
-
މޮސާޑްގެ ތުހުމަތާއި މަސާޖު މައްސަލަ: އިސްރާއީލުގެ ޖާސޫސީ އިދާރާ (މޮސާޑް) އާއި އެޕްސްޓީންއާ އޮތް ގުޅުމާ ބެހޭގޮތުން ސުވާލުކުރުމުން، ޑާޝޮވިޓްޒް ވަނީ އެޕްސްޓީންއަކީ މޮސާޑުގެ އެޖެންޓެއް ކަމަށް ބުނެފައެވެ. ނޫސްވެރިޔާ ޕިއާސް މޯގަން އާއި ކޮމީޑިއަން ބާސެމް ޔޫސުފް، އެޕްސްޓީންގެ ރަށުގައި ހުރެގެން މަސާޖު ނެގި މައްސަލައިގައި ސުވާލުކުރުމުން ޑާޝޮވިޓްޒް ދިފާއުގައި ބުނީ "މަސާޖު ނެގިއިރު ހުރީ ރީތިކޮށް ނިވާވެގެން" ކަމަށެވެ.
-
ނަތަންޔާހޫގެ ވަކީލު: ޑާޝޮވިޓްޒްއަކީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރު ނެރުމުން، ނަތަންޔާހޫގެ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރި މީހާއެވެ.
ކުޝްނަރއާ ފަލަސްތީނުގެ ބިންތައް
އެޕްސްޓީންގެ ވިއުގަ ގުޅިފައިވަނީ ހަމައެކަނި މާޒީގެ ސިޔާސީ ޝަޚުޞިއްޔަތުތަކަކާ އެކަންޏެއް ނޫނެވެ. އެމެރިކާގެ އެކްޓިވިސްޓް ކެންޑީސް އޯވެންސް ފާހަގަކުރި ގޮތުގައި، ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރގެ މަސައްކަތްތަކުންވެސް ފެންނަނީ އެއް ނިޒާމެއްގެ ތެރެއިން ބާރު ފެތުރުމުގެ އުސޫލެކެވެ.
ކުޝްނަރ ވަނީ ޣައްޒާގައި ހިންގަމުންދާ ގާތުލުއާންމުގެ ކުރިންވެސް އެ ސަރަހައްދުގެ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކަށް ޝައުގުވެރިކަން ދައްކާފައެވެ. އިވާންކާ ޓްރަމްޕް އަދި ކުޝްނަރ އަލްބޭނިއާގައި ގަންނަން އުޅުނު ޖަޒީރާ ފެނުނީވެސް އެމީހުންގެ ރަހުމަތްތެރިޔާ ނެޓް ރޮޗައިލްޑްގެ އުޅަނދުގައި ދަތުރުކުރަނިކޮށެވެ.
އަދި ނަތަންޔާހޫއަކީ ކުޝްނަރގެ އާއިލީ ގޭގައި އުޅެބޮޑުވި، ދެއާއިލާގެ ދެމެދުގައި ވަރަށް ބޮޑު ގުޅުމެއް އޮތް ފަރާތެކެވެ. މިއިން ދޭހަވަނީ، އާންމުންނަށް ފެންނަން އޮތް ސިޔާސީ މަސްރަހުގެ މާ ކުރިން، ނުފޫޒުގަދަ ގުޅުންތައް ގާއިމުވެފައިވާ ކަމެވެ.
އަނެއްކޮޅުން، މަރާލާފައިވާ އެކްޓިވިސްޓް ޗާލީ ކާރކްގެ 'ޓާނިންގ ޕޮއިންޓް ޔޫއެސްއޭ' އަކީ އިސްރާއީލުގެ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލި ޖަމާއަތެކެވެ. ނަމަވެސް، ޗާލީ މަރާލުމާއެކު، އޭނާގެ އަންހެނުން އެރިކާ ކާރކް އެ ޖަމާއަތާ ހަވާލުވެ، އިސްރާއީލަށް ފާޑުކިޔުން މުޅިން ހުއްޓާލިއެވެ.
ހެކިތަކުން ދައްކާ ގޮތުގައި، އެޕްސްޓީންއާ ގުޅުންހުރި ރިއަލް އެސްޓޭޓް ވިއުގަތަކާއި، އެރިކާ ބައިވެރިވި ރިއަލް އެސްޓޭޓް ޖަމިއްޔާތަކުގެ ފާހަތުގައިވަނީ އެޕްސްޓީން ފައިލްސްގައި ހިމެނޭ ލިން ފޮރެސްޓަރ ޑެ ރޮޗައިލްޑްއެވެ.
ޖޭޑީއެލް އާއި ޓެރަރިޒަމްގެ މާޒީ
އެލަން ޑާޝޮވިޓްޒްގެ އަސްލު ގުޅިފައިވަނީ މީރް ކަހާނޭ އުފެއްދި، އެމެރިކާއިން ޓެރަރިސްޓް ގްރޫޕެއްގެ ގޮތުގައި ކަނޑައަޅާފައިވާ 'ޖޫއިޝް ޑިފެންސް އޮގަނައިޒޭޝަން' ނުވަތަ ޖޫއިޝް ޑިފެންސް ލީގު އާއެކުގައެވެ.
ޖޭޑީއެލްއަކީ އެމެރިކާގެ ސިޓީތަކާއި، މުއައްސަސާތަކާއި، މަގުތަކުގައި ބޮންގޮއްވައި، އަމިއްލައަށް ގާނޫނު އަތަށް ނަގައިގެން ހަރަކާތްތެރިވި ޖަމާއަތެކެވެ. ނަންތައް ބަދަލުވިނަމަވެސް، އެމީހުންގެ އުސޫލުތަކަކަށް ބަދަލެއް ނާދެއެވެ. ކަހާނޭގެ ވާރުތަވެރިޔާ ޗައިމް ބެން ޕެސާޗްގެ ދަށުން ޖޭޑީއެލް އަލުން އާލާވެ، އެމީހުންގެ މީހުން މެރުމުގެ ހަމަލާތައް ނިއުޔޯކް ސިޓީގައި ދޭން ފަށާފައިވާކަން މާޒީގެ ރެކޯޑުތަކުން އެނގެއެވެ.
ތާރީޚު ފޮރުވުމަށާއި އަމިއްލަ އަބުރު ރައްކާތެރިކުރުމަށްޓަކައި ބާރުގަދަ ފަރާތްތަކުގެ އަތުގައި ފައިސާއާއި ވަސީލަތްތައް ހުރެއެވެ. ނަމަވެސް، ހަގީގަތް ހާމަކޮށްދިނުމަށްޓަކައި އަމިއްލައަށް ތަހުގީގުކުރާ ނޫސްވެރިންނާއި އާންމުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޖެފްރީ އެޕްސްޓީންގެ މައްސަލައަކީ ހަމައެކަނި ޖިންސީ ގޯނާގެ މައްސަލައެއް ނޫނެވެ. އެއީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މާލީ އާއިލާތަކާއި، ސިޔާސީ ވެރިންނާއި، ޖާސޫސީ އިދާރާތައް ގުޅިގެން އުފައްދާފައިވާ ބޮޑު ނިޒާމެއްގެ ބޭޒާރުވި ކުޑަ މިންވަރެކެވެ.






