ދިމްޔާތުން މަހާނަތަކަކާއި ސަންދޯއްތަކެއް ފެނިެއްޖެ

މިޞްރުގެ ސުޕްރީމް ކައުންސިލް އޮފް އެންޓިކްއިޓީސްގެ އާސާރީ ވަފުދުން އިއުލާންކުރި ގޮތުގައި، ދިމްޔާތުގެ އާސާރީ ސަރަހައްދުގައި ކުރިއަށް ގެންދާ ކޮނުމުގެ މަސައްކަތްތަކުގެ ތެރެއިން، ތާރީޚީ ގޮތުން މުހިންމު، ގަބުރުސްތާނުގެ ލިޔެކިއުންތަކާއި ސަންދޯއްތަކާއި، އަދި އަގުހުރި އާސާރީ ތަވީދުތައް ވަނީ ފެނިފައެވެ. މި ހޯދުމަކީ ނީލަ ކޯރުގެ ޑެލްޓާގެ އިރުމަތީ ސަރަހައްދުގެ ތާރީޚީ އަހައްމިއްޔަތު އިތުރަށް ބޮޑުވެގެންދިޔަ ކަމެކެވެ.

ތާރީޚީ އާ ޞަފްޙާތަކެއް

ސުޕްރީމް ކައުންސިލް އޮފް އެންޓިކްއިޓީސްގެ ސެކްރެޓަރީ ޖެނެރަލް، ހިޝާމް އައްލައިސީ ވިދާޅުވީ، މި ހޯދުންތަކުގެ ސަބަބުން މިޞްރުގެ ޑެލްޓާ ސަރަހައްދުގައި މީހުން ވަޅުލުމުގެ އާދަތައް ތަރައްގީވެގެން ގޮސްފައިވާ ގޮތް ދެނެގަތުމަށް އާ ދޮރުތަކެއް ހުޅުވިފައިވާ ކަމަށެވެ. އަދި މިސަރަހައްދަކީ ހަމައެކަނި މީހުން ވަޅުލާ ތަނެއް ނޫން ކަމަށާއި، އެއީ އިޖުތިމާއީ، ސަގާފީ، އަދި ދީނީ ގޮތުން ފުރިހަމަ މަރުކަޒެއްކަން މި ހޯދުންތަކުން ކަށަވަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަލުގެ ޚާއްޞަ 'ލިޔެކިއުންތައް'

މިޞްރުގެ އާސާރީ އިދާރާގެ ވެރިޔާ މުޙައްމަދު ޢަބްދުލް ބަދީޢު ވިދާޅުވި ގޮތުގައި، މި ކޮނުންތަކުން ވަނީ ހިރިގަލުން ހަދާފައިވާ 20 އަށްވުރެ ގިނަ ޚާއްޞަ މަހާނަ ގާތަކެއް ފެނިފައެވެ.

  • ފަންނީ ފުރިހަމަކަން: މި ގަލުތަކުގައި މީހުންގެ ސިފަތައް ވަރަށް ފުރިހަމައަށް ކަނޑާނަގާފައިވެއެވެ.

  • މަޒުހަބީ ނިޝާންތައް: ގަލުގެ އަރިމަތީގައި ގަދީމީ ޒަމާނުގެ މުޤައްދަސް ނިޝާންތަކާއި ދޭވަތާއިންގެ ސޫރަތައް ހުރެއެވެ.

  • ތަފާތު ސަގާފަތްތައް: މިތަކެތިން މިޞްރުގެ ދީނީ އާދަތަކާއި ގްރީސްއާއި ރޯމަން އަސަރުތައް އެކުވެފައިވާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

މީގެ އިތުރުން، މަށީގެ އުފެއްދުންތަކުގެ ތެރޭގައި އެކި ޒާތުގެ ދުންދަނޑި އަންދާ ތަށިތަކާއި ޒީނަތްތެރިކޮށްފައިވާ ދިއްލާ ބައްތިތަކާއި  އަދި ފީފާއެއްގެ ބައްޓަމަށް ހުންނަ މަށިން ހަދާފައިވާ ސަންދޯއްތައް ފެނިފައިވެއެވެ.

ތާރީޚީ ސިލްސިލާ

މި ހޯދުންތަކުން ދައްކައިދެނީ، ދިމްޔާތަކީ މިޞްރުގައި އެތައް ސަތޭކަ އަހަރެއް ވަންދެން ވަރަށް މުހިންމު ސަގާފީ އަދި ދީނީ ހަރަކާތްތަކެއް ހިނގަމުން އައި ސަރަހައްދެއް ކަމެވެ. މިއީ ނީލް ކޯރުގެ ޑެލްޓާގެ އިޖުތިމާއީ ތާރީޚު އަލުން ލިޔުމަށް ލިބުނު ވަރަށް މުހިންމު ހެކިތަކެކެވެ.

ހިއްސާ ކުރައްވާ!