ބޮޑު ހަމަލާއަށް ތައްޔާރު ވުމަށް އެމެރިކާ ރައްޔިތުން މެދުއިރުމަތިން ފޭބުމަށް އަންގައިފި

ޖޯޑަންގެ އައްމާންގައި ހުންނަ އެމެރިކާގެ އެމްބަސީން މެދުއިރުމަތީގެ ސެކިއުރިޓީ ހާލަތާ މެދު އިންޒާރުދީ، މަސްރަޙު އިތުރަށް ގޯސްވެދާނެތީ އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން ވަގުތުން ފޭބުމަށާއި، އަދި މިދުވަސްވަރު މެދުއިރުމައްޗަށް ދަތުރުނުކުރުމަށް އިރުޝާދުދީފިއެވެ.

އެމްބަސީގެ ބަޔާނުގެ މުހިންމު ނުކާތައް:

  • ދަތުރުފަތުރަށް ބުރޫއެރުން: މެދުއިރުމަތީގެ ހާލަތު އޮތީ ވަރަށް ނާޒުކުކޮށް ކަމަށްވާތީ، ވައިގެ ސަރަހައްދުތައް ބަންދުކުރުމާއި، ފްލައިޓްތައް ކެންސަލްވުމުގެ ފުރުސަތު ބޮޑެވެ. ބައެއް އެއާލައިންތަކުން ވަނީ ފްލައިޓްތައް މެދުކަނޑާލާފައެވެ. އެހެންކަމުން މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ވަގުތުން ފޭބުމަށް ތައްޔާރުވެގެން ތިބުމަށް ވަނީ އަންގާފައެވެ.

  • އީރާނުގެ ނުރައްކާ އަދި ޙަމަލާތައް: އީރާނުން ކުރިން އިންޒާރަކާ ނުލައި، މިހާތަނަށް ހަމަލާނުދޭ ސަރަހައްދުތަކަށް ހަމަލާ ދޭތީ، އީރާނުގެ އަމަލުތައް ހުންނާނެ ގޮތެއް ނޭނގޭ ކަމަށް އެމްބަސީން ބުނެއެވެ.

  • މުޅި ދުނިޔޭގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ނުރައްކާ: އީރާނާއި އެގައުމުގެ އެހީގައި އުޅޭ ހަނގުރާމަވެރި ގްރޫޕްތަކުން މެދުއިރުމަތިން ބޭރުގައިވާ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކަށާއި، ވިޔަފާރިތަކަށާއި، އެމެރިކާއާ ގުޅުންހުރި އެހެނިހެން ވަސީލަތްތަކަށް މުޅި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ކޮންމެ އިރެއްގައި ވެސް ހަމަލާދީފާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

  • އާންމު ވަސީލަތްތަކަށް ހަމަލާދިނުން: އީރާނުން މިލިޓަރީ ތަންތަނުގެ އިތުރުން ތުހުމަތު ކުރެވޭ ވަސީލަތްތަކަށް ވެސް ހަމަލާދީފައިވާތީ، ޖޯޑަންގައި ހުންނަ މިލިޓަރީ ބޭސްތަކާ ކައިރިއަށް ނުދިއުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެދިފައިވެއެވެ.

ހިއްސާ ކުރައްވާ!