އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވިދާޅުވަނީ އީރާނު މަސްއޫލުވެރިންނަކީ މަޝްވަރާ ކުރުމުގެ ދާއިރާގައި ހުނަރުވެރި ބަޔެއް ކަމަށާއި އެމީހުންނާ އެކު ކުރާ މަޝްވަރާތައް "މަސްހުނިވެފައި، އުނދަގޫ ވެފައި އަދި ވަގުތު ނަގާ" ކަމަށެވެ. އަދި "އީރާނު މަސްއޫލުވެރިންނާ އެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ފޮކްސް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވެންސް ވިދާޅުވީ އެމެރިކާ ސަރުކާރުގެ ޒިންމާއަކީ އެމެރިކާގެ ރައްޔިތުންނަށާއި ރައީސަށް އެންމެ ފައިދާހުރި ނަތީޖާއެއް ލިބޭނެ ގޮތަށް މި މަޝްވަރާތައް ބެލެހެއްޓުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވެންސް ލަފާކުރެއްވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކުގެ ސަބަބުން ތެލުގެ އަގު ހެޔޮވެ އަގު ހިފެހެއްޓިގެންދާނެއެވެ. އަދި އީރާނަށް ނިއުކްލިއަރ ހަތިޔާރު ހޯދުމަކީ މަނާކޮށްފައިވާ ކަމެއް ކަމަށް ހެދުމުން އެމެރިކާގެ ސްޓްރެޓެޖިކް މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ތެލުގެ އަގުހެޔޮވެފައިވާ ކަމަށާއި ތެޔޮ ފީފާއެއްގެ އަގު 79 ޑޮލަރުގައި ހުރި ކަމަށެވެ. އަދި މަޝްވަރާ ކުރުމުގެ މަރުޙަލާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، ނަތީޖާއާ މެދު އަވަސްއަވަހަށް ގޮތްތަކެއް ނިންމައި ނުވަތަ މަޝްވަރާތައް ނިމޭނެ ގޮތާމެދު ކުރިން ލަފާ ކުރުމަކީ މި މަރުޙަލާގައި ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.





