މިނާބް ސްކޫލުގެ ޓެރަރިސްޓް ހަމަލާއާ ބެހޭ ބައިނަލްއަގްވާމީ މުބާރާތަށް 16 ހާސް ވާހަކަ

އެމެރިކާއިން ދިން ކުޑަ ކުދިން ޝަހީދުކޮށްލި ސްކޫލަށް ދިން ޓެރަރިސްޓް ހަމަލާގެ ހަނދާންތައް އައު ކުރުމަށް ހުޅުވާލި ބައިނަލްއަގްވާމީ ވާހަކަ މުބާރާތަށް 16 ހާސް 158 ވާހަކަ ހުށަހަޅައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިޔުންތެރިން ބައިވެރިވާ ބައިނަލްއަގްވާމީ ވާހަކަ ލިޔުމުގެ މުބާރާތް ކަމަށްވާ "މިނާބު ސްކޫލް: 168 ނުނިމޭ ކުރު ވާހަކަ" މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިިބިފައެވެ.

މިއީ އީރާންގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ 6 ބަހުން ވާހަކަ ލިޔުމުގެ މުބާރާތެކެވެ.

މުބާރާތުގެ ލޯގޯ

"މިނާބު ސްކޫލް – 168 ނުނިމޭ ކުރު ވާހަކަ" ބިނާ ކޮށްފައި ވަނީ ފެބްރުއަރީ 28 ގައި ދީފައިވާ ހުރުމުޒުގާން ޕްރޮވިންސްގެ މިނާބްގެ ޝަޖަރައޭ ޠައްޔިބާގެ ޓެރަރިސްޓް ހާދިސާގައި ޝަހީދު ކޮށްފައިވާ ކުދިންނާއި މުދައްރިސުންގެ ހަނދާނުގައެވެ،

މި މުބާރާތަށް 38 ޤައުމަކުން 3,354 ލިޔުންތެރިން ބައިވެރިވެފައި ވެއެވެ. އަދި އެފަރާތްތަކުން ވަނީ، ޖުމްލަ 16,158 ވާހަކަ ހުށަހަޅާފައިވެއެވެ.

މުބާރާތުގެ އިންތިޒާމުކުރަރާ ފަރާތްތަކުން ހާމަކުރިގޮތުގައި، ހުށަހެޅުނު ވާހަކަތައް ގިނަކަމުންނާއި އިންސާފުވެރިކަމާއެކު ޖަޒްބާތުތައް ވަޒަކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު މިއަހަރުގެ ފިނި މޫސުން ނިމުމުގެ ކުރިން ބާއްވާނެއެވެ.

މި ވާހަކަތަކަށް އިންސާފު ކުރާނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފަނޑިޔާރުންގެ ޕެނަލަކުން ނެވެ.

ހިއްސާ ކުރައްވާ!