ޓްރަމްޕްގެ ބަސްމަގު ހުންނަ ގޮތުންނާއި ކޮށްލާ ސޭކު ކަންތައްތަކުން އޭނާއަކީ ކުޅަނދު ހަމަވާ މީހެއްތޯވެސް ބައެއް ފަހަރު މީހުން ސުއާލު އުފައްދައެވެ.
ރޭ ދަންވަރު ނުދިނިގެން އުޅުނު ވަގުތު ޓްރަމްޕް ވަނީ މީސްމީޑިއާގައި އޭނާއާ ބެހޭ ގޮތުން އޭއައި އިން އުފައްދާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.
ޓްރަމްޕަކީ އޭނާގެ ހައިބަތު ދެއްކުމަށް މަސައްކަތް ކުރާ މީހެކެވެ. އޭނާގެ މާޒީގައި މާބޮޑު ކާމިޔާބީއެއް ދެއްކެން ނެތުމުން އަބަދުވެސް އެމެރިކާގެ ކުރީގެ ރައީސުންނާއި އަޅާކިޔައި އޭނާއަކީ ގައްޑާ މީހެއްކަން ދައްކަން މަސައްކަތް ކުރެއެވެ. މިކަންކަމާ ގުޅިގެން މިޑިއާއަށް އޭނާ އަކީ ބޮޑު ޖޯކަރެކެވެ. އޭނާގެ މިކަންކަމަށް ފާޑު ކިޔުމުން މީޑިއާ އާ ދިމާކޮށް ދޮގު ޚަބަރު ފަތުރާ ބައެއް ކަމަށް ބުނެ ވެސް ހަދައެވެ.
ރޭ ޓްރޫތު ސޯޝަލްގައި ހިއްސާ ކުރެއްވި ޕޯސްޓުތަކެއްގައި، އެމެރިކާގެ ތާރީޚީ މަޝްހޫރު ޝަޚްޞިއްޔަތުންނާއެކު އޭނާގެ އަމިއްލަ ފޮޓޯތައް ހިމަނައިގެން އޭއައިގެ އެހީގައި ތައްޔާރުކޮށްފައިވާ ފޮޓޯތަކެއް ހިއްޞާކުރައްވައި، އަލުން ވެރިކަމަށް ވަޑައިގަތުމުގެ އެދުންވެރިކަން ހުރިކަމަށް ބުނެ ވާހަކަ ދައްކަވައިފިއެވެ.
މިގޮތުން ހިއްޞާކުރެއްވި ބައެއް ފޭކު ފޮޓޯތަކުން ފެންނަނީ:
- ކުރީގެ ހަނގުރާމަތަކުގެ މަޝްހޫރު ޖެނެރަލުން ކަމަށްވާ ޖޯޖް ޕެޓަންއާއި ޑަގްލަސް މެކްއާތަރއާއެކު އަސްކަރީ ހެދުމުގައި ޓްރަމްޕް ހުންނެވި މަންޒަރެވެ.
- އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ވޮޝިންޓަނާއި އަބްރަހަމް ލިންކަނާއެކު އެމެރިކާގެ މެޕެއްގައި ސޮއިކުރައްވަން ޓްރަމްޕް އިންނެވި މަންޒަރެއް ވެސް ހިއްސާކޮށްފައި ވެއެވެ.
- ކުރީގެ ރައީސް ޖޯން އެފް ކެނެޑީއާއެކު ހޭދަކުރެއްވި ވަގުތުތަކެއް ދައްކުވައިދޭ ފޮޓޯއް ވެސް ހަދާފައި ވެކެވެ.
ތިންވަނަ ދައުރަކަށް ވާދަކުރުމުގެ ވާހަކަ
އެމެރިކާގެ ޤާނޫނުއަސާސީ އޮންނަގޮތުން ރައީސަކަށް ހުންނަވަނީ އެންމެ ގިނަވެގެން ދެ ދައުރަށެވެ. ނަމަވެސް ޓްރަމްޕް ވަނީ ތިންވަނަ ދައުރަކަށް ވާދަކުރެއްވުމާ ގުޅޭގޮތުން އޭނާގެ އެދުންވެރިކަމެއް އޮތްކަން ފާޅުކުރައްވާފައެވެ. ބުރާސްފަތި ދުވަހު އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ވެރިކަމުން ވަޑައިގަންނަވާނެ ދުވަހެއް "ވަރަށް ދުރުގައި އޮވެދާނެ ކަމަށާއި، ނުވަތަ އަވަސްވެސްވެދާނެ" ކަމަށެވެ.
މާނައަކީ ދުނިޔޭގައި 3 ވަނަ ބޮޑު ހަނގުރާމައެއް ޓްރަމްޕް ފަށައިފިނަމަ އޭނާއަށް އިތުރު ދައުރެއްގައި މަގާމުގައި ހުރެވިދާނެ ކަމަށެވެ. ނޫންނަމަ އަޖަލު ހަމަވާނެ ކަމަށެވެ!
މީގެއިތުރުން، 2028 ގެ އިންތިޚާބުގައި ނައިބު ރައީސް ޖޭ.ޑީ ވެންސް ވާދަކުރެއްވުމުގެ ފުރުޞަތާ ގުޅޭގޮތުން ޓްރަމްޕާ ސުވާލުކުރުމުން، މިހާރު އެކަމަށް ތާޢީދުކުރުމަކީ "މާ އަވަސް" ކަމެއް ކަމަށް ވިދާޅުވެ އެ ސުއާލުން ޖަވާބުން ރެކިގެންފައި ވެއެވެ. ނަމަވެސް، ޓްރަމްޕްގެ ބައެއް އެކުވެރިންނާއި އެޑްވައިޒަރުން ކަމަށްވާ ސްޓީވް ބެނަން ފަދަ މީހުން ބުނަނީ ޓްރަމްޕަށް 2028 ގައި ވެސް އަލުން ވެރިކަމަށް ވަޑައިގަތުމުގެ ހަރުދަނާ "ޕްލޭނެއް" އެބައޮތް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ޤާނޫނީ މާހިރުންނާއި ސިޔާސީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޤާނޫނުއަސާސީގެ ހުރަސްތަކާއެކު ވެސް ޓްރަމްޕް މިފަދަ ވާހަކަތައް ދެއްކެވުމަކީ ސިޔާސީ މަގުސަދެއްގައި މީހުން ބައިބައިކޮށް ބަހުސްކޮށް ވެރިކަމުގައި ބަގުޑި ބެއްދުމަށް ގތް ހޯދުމަށް ކުރާ މަސައްކަތެކެވެ.






