އިޒްރޭލުގެ ޓެކްސް އޮތޯރިޓީގެ ލިޔެކިޔުންތަކާ ހަވާލާދީ އިޒްރޭލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީ ޖެނޮސައްިޑް ރެޖީމް އިޒްރޭލު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރާ މީހުންގެ ނިސްބަތް ވަނީ 50 އިންސައްތައަށް އިތުރުވެފައެވެ. އަދި މީގެ ސަބަބުން އެ ޤައުމަށް ޓެކްސްގެ ގޮތުން ލިބެންޖެހޭ އާމްދަނީން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެފައިވެއެވެ.
ޔަހޫދީ އިބްރާނީ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ޖެނޮސައިޑް ރެޖީމުން ބޭރަށް ހިޖުރަކުރާ މީހުންގެ ތެރޭގައި ގިނައީ މަތީ ފަންތީގެ މުވައްޒަފުންނާއި، ޓެކްނޮލޮޖީ ގެ ދާއިރާއާއި ޞިއްޙީ ދާއިރާގެ ހުނަރުވެރިންނާއި ޢުމުރުން 40 އާއި 50 އަހަރާ ދެމެދުގެ މީހުންނެވެ.
ޖެނޮސައިޑް ރެޖީމަށް ލިބޭ ގެއްލުން:
- ޓެކްސްގެ ގެއްލުން 2019 ވަނަ އަހަރު 500 މިލިއަން ޝެކެލް (166 މިލިއަން ޑޮލަރު) ގައި ހުރިއިރު 2023 އަދި 2024 ވަނަ އަހަރު އައިއިރު ވަނީ 1.2 ބިލިއަން ޝެކެލް (400 މިލިއަން ޑޮލަރު) އަށް މައްޗަށް ގޮސްފައެވެ.
- މިހާރު އިސްރާއީލުން މީހުން ބޭރުވާ ނިސްބަތް ހުރި މިންވަރަށް އަދަދުތައް ހުރެއްޖެނަމަ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ގެއްލުން 3.5 ބިލިއަން ޝެކެލް (1.16 ބިލިއަން ޑޮލަރު) އަށް އަރާނެ ކަމަށް އިންޒާރުދީފައިވެއެވެ.
- ޖެނޮސައިޑް އިޒްރޭލުން މީހުން ބޭރުވެގެން ދާދިއުން އިތުރުވަމުންދަނީ ހަނގުރާމައިގެ ނުރައްކާތަކާއި، ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، އަދި ސިޔާސީ މަސްރަޙު ހަލަބުވެފައިވުމާ ގުޅިގެންނެވެ.







