ޓްރަމްޕާއި މުސްލިމު ގައުމުތަކުގެ ލީޑަރުން ދުނިޔޭގެ އާންމު ރައްޔިތުންނަށް އޮޅުވާލައިގެން ޖެނޮސައިޑް ހިންގާ ޔަހޫދީންނަށް އަމާންކަން ހޯދައި ދިނުމަށް މިސްރުގެ ޝަރަމުއްޝައިޚުގައި ބެއްވި ސުލްހައިގެ އިއުލާނަށްފަހު ޣައްޒާގައި ނިޒާމީ ސިފައެއްގައި ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޝަހީދު ކުރަމުން ގޮސްފައިވާ ކަމަށް ޔުނިސެފުން ބުނެއެވެ.
ޣައްޒާގައި ހަނގުރާމަ ހުއްޓާލާފައިވާކަން އިއުލާންކޮށް ޔަހޫދީ ޖެނޮސައިޑް ރެޖީމު ސަލާމަތް ކޮށްދިނުމަށް އަރަބި ގައުމުތަކާއި ޕާކިސްތާނާއި ތުރުކީއާއި އިންޑޮނޭޝިއާއިން ބައިވެރިވެރި ވެގެން ޓްރަމްޕްގެ އެދުމަށް 2025 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ބޭއްވި ސުލްހައިގެ އިއުލާނަށްފަހުވެސް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ މެދު ނުކެނޑި ޣައްޒާގައި ގަތުލުއާންމު ހިްނގަމުން ގޮސްފައެވެ.
ޖެނޮސައިޑް ރެޖީމުން ވަނީ ގާތގަނޑަކަށް 300 ދުވަހުގެ ތެރޭގައި މަދުވެގެން 300 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ކުޑަކުދިންންގެ މައްސަލަތަކުގައި ހަރަކާތްތެރިވާ އދގެ އިދާރާ ޔުނިސެފުން ވަނީ ބުނެފައެވެ. މިއީ ދުވާލަކު އެވްރެޖްކޮށް ކުއްޖަކު ޗަހީދު ކުރަމުން ދިއުމެކެވެ.
ބުރާސްފަތި ދުވަހު ޔުނިސެފުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މީގެ އިތުރުންވެސް މި މުއްދަތުގެ ތެރޭގައި ސަތޭކައަށްވުރެ ގިނަ ކުޑަކުދިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ޖެނޮސައިޑް ރެޖީމުން ވަނީ ދީފައެވެ.
ކުޑަކުދިން ކުރިމަތިލާންޖެހިފައިވާ މައިގަނޑު ދަތިތައް:
- ޞިއްޙީ ނިޒާމު ހަލާކުވުން: ކާބޯތަކެއްޗާއި ސާފު ފެނުގެ ދަތިކަމާއެކު ކުޑަކުދިން ބަނޑަށް ޖެހިފައި ތިބުމާއި ކާޑު ބަލި ޖެހިފައވުން.
- ބެލެނިވެރިން ގެއްލުން: 2023 ވަނަ އަހަރުން ފެށިގެން ޖެނޮސަްއިޑް ޔަހޫދީ ރެޖީމުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން 58,000 އަށް ވުރެ ގިނަ ކުޑަކުދިންނަށް މައިންބަފައިންގެ ތެރެއިން އެކަކު ނުވަތަ ދެ މީހުން ގެއްލިފައިވުން.
- ތަޢުލީމާއި ޒުވާން އުމުރުގެ ހައްޤުތައް ގެއްލުން: ކުޅިވަރާއި ތަޢުލީމީ ފުރުޞަތުތައް ނެތި، ކުދިންގެ ވަގުތު ހޭދަކުރަންޖެހެނީ ފެން ހޯދުމަށާއި ރެފިއުޖީ ކޭމްޕުތަކުގައި ކާބޯތަކެތި ހޯދުމަށް ކިޔުހެދުމުގައި.
ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި 73,300 އަށް ވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދު ކޮށްފައެވެ. އަދި ގައްޒާގައި ދިރި ހުރުމަށް ބޭނުންވާ ހުރިހައި ވަސީލަތްތައް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ ހަލާކުކޮށް ސުންނާފަތިކޮށްލާފައެވެ.
މިކަންކަން ޔަހޫދީ ޒަޔަނިސްޓުން ކޮށްފައި ވަނީ އެމެރިކާގެ ފުލް ސަޕޯޓާއެކު އަރަބިންނާއި މުސްލިމު ގައުމުތަކުގެ ލީޑަރުންގެ ވަރިހަމަ ކުރުމާއެކުގައެވެ!







