އެއް ޖަލްސާއެއްގައި ޤުރުއާން ހިތުން ކިޔައި ދިނުން: ޣައްޒާ މީހުންގެ ޚާއްސަ ހުނަރެއް

ޣައްޒާގެ 110 އަންހެން ދަރިވަރުން އެއްކޮށް ޤުރުއާން ހިތުން ދަސްކޮށް ކިޔައި ދިނުމުގެ މުނާސަބާ ފާހަގަ ކޮށްފިއެވެ. މިކަން ފާހަގަ ކުރުމަށް ބޭއްވި ތަރާތީލުއް ތަމްކީން ޙަފްލާ ބާއްވާފައި ވަނީ ޣައްޒާގެ އަވްޤާފް އިދާރާއާއި އިންސާނީ އެހީދޭ ޖަމްޢިއްޔާއެއް ކަމަށްވާ ހިއުމެނިޓޭރިއަން ރިލީފް ފައުންޑޭޝަން (އައި.އެޗް.އެޗް)އާ ގުޅިގެންނެވެ.

މި ދަރިވަރުންނަކީ ޣައްޒާގެ ޤުރުއާން ހިތުން ދަސްކޮށްދޭ ދީވާނުލް ޙާފިޒުގައި ކިޔެވި ކުދިންނެވެ.

މިކުދިން ވަނީ އެއް ތަނެއްގައި ތިބެގެން ޤުރުއާން ނުލައި ހިތުން ކިޔައިދީފައެވެ.

ޖެނޮސައިޑްގެ  ނަސްލު ނައްތާލުުގެ ޖަރީމާ ކުރިއަށްދިޔަ ނަމަވެސް ޤުރުއާން ހިތުދަސްކޮށް ކިޔެވުމުގައި ދަރިވަރުން ދައްކާފައިވާ ސާބިތުކަމަށް ޣައްޒާގެ އައުޤާފް އިދާރާއިން ތައުރީފް ކޮށްފައި ވެއެވެ.

ޣައްޒާ މީހުންނަކީ ޤުރުޢާން ހިތުން ދަސްކުރުމަށް މަޝްހޫރު ބައެކެވެ. ފަލަސްޠީނުގެ ދެވަނަ އިންތިފާޟާއަށް ފަހު ކޮމާންޑަރު ޗަހީދު ޔަޙުޔާ ސިންވާރު ގިނަ މިސްކިތްތައް ބިނާ ކުރައްވައި އެތަންތާނގައި ޤުރުއާން ހިތުން ދަސްކުރާ ކުލާސްތައް ދެޖިންސަށް ފެށްޓެވިއެވެ. އެއަށް ފަހި އާދަޔާ ޚިލާފަށް ގިނަ ހާފިޒުންނާއި ހާފިޒާއިން ވަނީ އުފެއްދިފައެވެ.

މީގެ ކުރީގެ އެހެން ހަފްލާއެއްގައި ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ ސައްޔިދު ޤުޠުބު މިސްކިތުގައި ބޭއްވި ރަސްމިއްޔާތެއްގައި ޤުރުއާން ހިތުދަސްކުރި 105 ދަރިވަރުން ވަނީ އެއް ޖަލްސާއެއްގައި ކީރިތި ޤުރުއާން އެއްކޮށް ހިތުން ކިޔައި ދީފައެވެ.

ޣައްޒާގައި ޤުރުއާން ހިތުން ދަސްކޮށް ކިޔައި ދިނުމުގެ އިމްތިހާން އޮންނަނީ ވަކި ތަންތަނުން ކުރާ ސުއާލު ތަކަކަށް ނޫނެވެ. އެއް ޖަލްސާއެއްގައި ޤުރުއާން އެއްކޮށް ނުބައި ކިޔައި ދީގެން ފާސްވާން ޖެހެއެވެ.

ހިއްސާ ކުރައްވާ!