ޔަހޫދީ ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޖެނޮސައިޑް ހިންގާތީ ޔަހޫދީ ރެޖީމަށް ހަތިޔާރު ވިއްކުން ކެނެޑާއިން ނިމުމަކަށް ގެނަސްފިއެވެ'
ކެނެޑާގެ ޚާރިޖީ ވަޒީރު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިޒްރޭލަށް ކުރިއަށް އޮތް ތަނުގައި އެއްވެސް އަސްކަރީ ސާމާނެއް ނުވަތަ ހަތިޔާރު އެކްސްޕޯޓްކުރުމުގެ ހުއްދަ އޮޓާވާއިން ނުދޭނެ ކަމަށެވެ.
ކެނެޑާގެ އެހެން އިސް އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ، "ޣައްޒާގައި ޖެނޮސައިޑްގެ ޙާލަތު އޮތްގޮތުން، އެއްވެސް އަސްކަރީ ސާމާނެއް އެކްސްޕޯޓްކުރުން ކުރިއަށް ނުގެންދެވޭނެ" ކަމަށެވެ. ކެނެޑާގެ ސިޔާސަތަށް މި އައި ބޮޑު ބަދަލާއެކ، އިންސާނީ އަދި އަސްކަރީ ޙާލަތާ ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރަމުންދާ ޕްރެޝަރުތަކުގެ ތެރެއިން، އިޒްރޭލު ސަރުކާރަށް ކުރިމަތިވާ ސިޔާސީ ފިއްތުންތައް އިތުރަށް ބޮޑުވެގެންދާނެއެވެ.






