އީރާނުން އެދިގެން ޔަހޫދީ ވަޒީރުގެ އަންހެނުންގެ ޖަނގިޔާގެ ފޮޓޯތައް 15 ހާސް ޑޮލަރަށް ނަގައި ދިން ފާދިރީ 

ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ތެރޭގައި އީރާނަށް ޖާސޫސީ މަސައްކަތްތަކެއް ކޮށްދިނުމުގެ ގޮތުން 15,000 (ފަނަރަ ހާސް) ޑޮލަރު ހޯދި ޔަހޫދީ ފާދިރިއެއް އިޒްރޭލުގެ ޖާސޫސީ އިދާރާތަކުން ހައްޔަރުކޮށްފިއެވެ. މި ޚަބަރު ގެނެސްދީފައިވަނީ މިއަދު އިޒްރޭލުގެ 12 ވަނަ ޗެނަލުންނެވެ.

ރިޕޯޓުގައިވާ ގޮތުން، އެ ފާދިރީ އީރާނަށް ދީފައިވާ ޚިދުމަތްތަކުގެ ތެރޭގައި އިޒްރޭލުގެ ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ހަރްޒީ ހެލެވީގެ ގޭގެ ފޮޓޯނެގުމާއި، ޔަހޫދީންގެ ޓެރަރިސްޓް މިނިސްޓަރު އިތަމާރު ބެން ގުވީރުގެ ގެއާ ކައިރިއަށް ގޮސް ފޮޓޯނެގުމާއި އަދި އެގޭގެ ބަގީޗާގައި ހިއްކަން އަޅާފައި ހުރި ބެންގްވީރުގެ އަންހެނުންގެ ބްރާއާއި ޖަނގިޔާތައް ފޮޓޯ ނެގުމުން ހިމެނެއެވެ. ފާދިރީ މިކަން ކޮށްފައި ވަނީ ސައިކަލެއްގައި ހަރުކޮށްފައިވާ ކެމެރާއަކާއި ފުއްކިބައިގައި ހަރުކޮށްފައި ހުރި ކެމެރާއެއް ބޭނުން ކޮށްގެންނެވެ.

އަދި އީރާނުގެ އޮޕަރޭޓަރެއް ކަމަށް ޝިންބެޓުން ބުނާ ފާދިރީ އަށް އީރާނުން ވަނީ ސަލާމަތީ އިރުޝާދުތަކާއި މަސައްކަތުގައި އުޅެންވީ އިރުޝާދުތައްވެސް ދީފައެވެ.

އޭގެ މުގާބިލުގައި އޭނާ ވަނީ ޝިންބެޓުްނ ސިއްރުކޮށްފައިވާ ބައެއް ކަންކަންވެސް ކޯށްދީފައެވެ. އޭގެ ތެރޭގައި ޔަހޫދީ ބޮޑުންގެ ދިރިއުޅުމާ ބެހޭ މަޢުލޫމާތު އެއްކުރުން ހިމެނެއެވެ.

މިހާރު ޚާއްޞަ ތަޙުޤީޤު ޔުނިޓް ލަހޮފް 433 އާއި ޢާންމު ސަލާމަތާ ބެހޭ އިދާރާ ޝިން ބެޓު ގުޅިގެން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ހިއްސާ ކުރައްވާ!