ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭގޮތުން އަވަސް މުއްދަތެއްގެ އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ. އަދި އީރާނާ އެކު ކުރެވެމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ އަންގާރަ ނުވަތަ ބުދަ ދުވަހު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ރޫބިއޯ ވިދާޅުވި ވާހަކަތަކެކެވެ.
އީރާނުން ކަން ކުރާ ގޮތުން އެމެރިކާއަށް ވަނީ ގޮތް ހުސްވެފައެވެ. އަދި ހަނގުރާ،މައިގައި ކުރިއަށްދާނެ ގޮތެއް ނޭނގުމާއި އީރާނުގެ އަމަލުތައް ދުރާލައި އެމެިރކާއަށް ދަނެގަނެވޭނެ ގޮތެއް ނުވުމުން އެމެރިކާއަށް ވަނީ ގޮތް ހުސްވެފައެވެ.
އެމެރިކާގެ ވެރިން އީރާނާއެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބުނާ ވާހަކަ އީރާނުން ދޮގު ކުރެއެވެ. އީރާނުން ބުނަނީ މަޝްވަރާ ކުރަނީ އޮމާނާ އެކު ހުރުމުޒު ގެ ދަތުރުތައް ފަހިކުރުމާ ބެހޭ ގޮތުން ކަމަށެވެ.
މުހައްލިލުން ބުނަނީ އެމެރިކާއިން ބައިކުޅަ ބައި ތެދު ހަދައި ބޮޑެތި އޮޅުންވާލުންތައް އޮޅުވާލަނީ ތެލުގެ އަގު ދަށްކޮށް އެމެރިކާގެ ބައިވެރިންގެ ފާޑު ކިޔުންތަކުން ސަލާމަތް ވާށެވެ.
އަންގާރަ ދުވަހު "ސީ.އެން.ބީ.ސީ" ނެޓްވޯކަށް ދެއްވި ބަސްދީގަތުމެއްގައި އެމރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ، ވޮޝިންޓަނުން އީރާނާއެކު މަޝްވަރާތައް ބާއްވަމުންދާ ކަމަށެވެ.
"ކަނޑުއޮޅި ހުޅުވުމަށާއި، މިހާރުގެ ހަމަނުޖެހުމުގެ ޙާލަތު އިތުރަށް ގޯސްވިޔަ ނުދީ އާންމު ޙާލަތަކަށް ގެނައުމަށްޓަކައި މިއަދު ނުވަތަ މާދަމާ އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު އެބައޮތް ކަމަށް އަޅުގަނޑު ޤަބޫލުކުރަން" ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ދެބޯގެރި ދުއްވުމުގެ ނަތީޖާއަކީ ތެލުގެ ބާޒާރުގައި އަގު ދަށް ވުމެވެ. މިޙާރު ތެލުގެ އަގު %5 ދަށްވެ، ފީފާއެއްގެ އަގު 80 ޑޮލަރަށްވުރެ ތިރިއަށް ވެއްޓިފައި ވެއެވެ.







