ޓްރަމްޕް ދުނިޔޭގެ ވިޔަފާރި މާހައުލު އެއްކޮށް ހަލާކުކޮށްލައިފި

މެދުއިރުމަތީގައި އެމެރިކާއިން ފެށި އަސްކަރީ ހަމަނުޖެހުންތަކާ ގުޅިގެން، ދުނިޔޭގެ ތެލުގެ މައި މަގު ކަމަށްވާ ހުރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ ނިޒާމު އެއްކޮށް އެމެރިކާއިން ބުރޫއަރުވައިފިއެވެ.

ކެޕްލާ ޕްލެޓްފޯމްގެ ޑޭޓާ ދައްކާ ގޮތުން، ހަނގުރާމަ ފެށުމުގެ ކުރިން ކޮންމެ ދުވަހަކު އެވްރެޖްކޮށް 120 އަށްވުރެ ގިނަ އާގު ބޯޓު ހުރުމުޒުން ދަތުރުކުރިއެވެ. ނަމަވެސް، މިހާރު އެ ޢަދދު ވަނީ ދުވާލަކަށް 11 އާގު ބޯޓަށް ވުރެން ދަށަށް ގޮސްފަ އެވެ.

އަދި 1968 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް ހުރުމުޒުގައި ބޭނުންކުރަމުންދިޔަ މައިގަނޑު ރޫޓްތައް ވަނީ ބަދަލުވެފައެވެ. އެއިރު ކަނޑު އޮޅިއަށް ވަނުމަށް ވަކި މަގަކާއި ނިކުތުމަށް ވަކި މަގަކަށް އެއްބަސްވެފައި ވެއެވެ.

އެމެރިކާއާއި ޒަޔަނިސްޓު ޔަހޫދީ ރެޖީމުން އީރާނަށް ދިން ހަމަލަތަކަށް ފަހު އީރާނުން ވަނީ އެގައުމަށް ލިބުނު ގެއްލުން ދުނިޔެއަށް އިހުސާސްކޮށް ދިނުމަށް ހުރުމޒުގައި ބާރު ދައްކާފައެވެ.

ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން އީރާނަށް ކުރިމަތިވި ނުތަނަވަސްކަން އީރާނުން ވަނީ ކަނޑުއޮޅީގެ ސަލާމަތީ ކަންކަމަށް ބަދަލުކޮށްފައެވެ. އީރާނަށް އައި ގިނަ ހަމަލަތައް އައިސްފައި ވަނީ އަރަބި ގައުމުތަކުން ހިޔާވަހިކަން ދީފައިވާ އެމެރިކާގެ އަސްކަރީ މަޒރުކަޒުތަކުންނެވެ.

މި ނުތަނަވަސްކަމާއެކު އީރާނުން ވަނީ ހުރުމޒުުގައި އީރާނަށް ސިޔާސަތު އޮތްކަން އިއުލާން ކޮށްފައެވެ، އީރާނުގެ ފަރާތުން ކަނޑުއޮޅީގެ ސަރަހައްދު ބެލެހެއްޓުމުގައި އައު އުސޫލުތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން ދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުރުމުޒު ކަނޑު އޮޅިއަކީ ދުނިޔޭގައި ހިލޭ ދަތުރުކުރެވޭ ގައުމަކަށް ސިޔާދަތު އޮންނަ ހަމައެކަނި ކަނޑު އޮޅިއެވެ. އީރާނުން ބުނަމުން ދަނީ އެ ކަނޑު އޮޅި ހުރަސް ކުރާ އާބުބޯޓުތަކުން އީރާނަށް ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އިސްރައީލުގެ އެއްްވެސް އުޅަނދަކަށް އެ ސަރަހައްދަށް ނު ވަދެވޭނެ ކަމަށެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވެ، ބައިނަލްއަޤްވާމީ ވިޔަފާރިއަށާއި އިޤްތިޞާދަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ނެތް މައްސަލައެއް އުފައްދައި ހަމަނުޖެހުން އުފެއްދި މަންހޫސް ޓްރަމްޕެވެ.

ހިއްސާ ކުރައްވާ!