ވޮޝިންޓަނަށް ސުޢޫދީ ޢަރަބިއްޔާއިން ފޮނުވަމުންދާ މެސެޖު ވަގުތު ފާއިތުވަމުންދާ ވަރަކަށް އެމެރިކާ މަސްއޫލުވެރިންނަށް ސާފުވާ މިންވަރު ބޮޑު ކަމަށް އިޒްރޭލުގެ އަސްކަރީ އިންޓެލިޖެންސް އިދާރާގެ އީރާނާ ބެހޭ ބައިގެ ކުރީގެ ވެރިޔާ ޑެނީ ސިޓްރިނޮވިޗް ބުނެއެވެ.
އޭނާ ބުނާ ގޮތުގައި ސައުދީ ސަރުކާރުގެ މި މެސެޖުތަކުން ސާފުކޮށް ދައްކުވައިދެނީ، މިދިޔަ ހަފުތާގައި ސުޢޫދީ ދިފާޢީ ވަޒީރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާއަށް ދެއްވި އިންޒާރެވެ.
އެއީ އެމެރިކާއިން އީރާނުގެ ހަކަތައާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ހަމަލާތަކެއް ދީފިނަމަ، އޭގެ ސީދާ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ބަޔަކީ ސުޢޫދީ ޢަރަބިއްޔާއާއި ގަލްފްގެ އެހެން ޤައުމުތަކަށް ކަމަށްވާތީއެވެ.
ރައީސް ޓްރަމްޕް އޭނާގެ ހޮޅި އިންޒާރުތައް ތަންފީޒުކޮށްފިނަމަ، ގަލްފްގެ އެކި ސަރަޙައްދުތަކުގައި ޙަމަލާދޭނެ އަމާޒުތައް އީރާނުން ކުރިންވެސް ކަނޑައަޅާފައިވެއެވެ.
ސައުދީ ސަރުކާރުގެ ނަޒަރުގައި މިފަދަ ހާލަތަކަށް މަސްރަހު ހޫނު ކުރުމަށް މިހާރަކީ އެންމެ މުނާސިބު ވަގުތެއް ނޫނެވެ. ޙޫޘީންނާ އެކު ސުޢޫދީ ޢަރަބިއްޔާގެ ނުތަނަވަސްކަން އަލުން ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ސުޢޫދީން އެންމެ ނޭދޭނެ ކަމަކީ އީރާނާ އެކު ފުޅުދާއިރާއެއްގައި ސަރަޙައްދީ ހަނގުރާމައެއް ފެށުމެވެ.
ހަނގުރާމައިގެ ސަބަބުން ގަލްފްގެ ޤައުމުތަކާ ދެކޮޅަށް ރައްދުދިނުމުގައި އީރާނުގެ ޤާބިލުކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ. އީރާނާ އެކު ނިމުމެއް ނެތް ކުރިމަތިލުމަކަށް ދިއުމަށްވުރެ، ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުން މިހާރު ވަނީ ގަލްފްގެ އަރަބި ލީޑަރުންގެ އެންމެ އިސް ކަމަކަށް ވެފައެވެ.
އެމެރިކާގެ ރައީސް ފެށި ސޮލީބީ ހަމަލާތަކުން އީރާނަށް ލިބުނު ކާމިޔާބީތައް މިހާރު ވަނީ ހާމަވާން ފަށާފައެވެ.






