ސައޫދީ އަރަބިއްޔާއިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރާ ބައްދަލުކޮށް ސައޫދީއަށް އަމިއްލައަށް ދިފާއު ވެވޭނެ ކަން އެމެރިކާއަށް އަންގާފައެވެ. އެސޯސިއޭޓެޑް ޕްރެސްއިން ބުނާ ގޮތުގައި އެމެރިކާއިން ގަލްފްގައި ފިތުނަ އުފެއްދުމުގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ އަމާންކަން ގެއްލުމުން ސައޫދީން ވަނީ ރީތި ބަހުން އެމެރިކާއަށް އިންޒާރެއް ދީފައެވެ.
ސައުދީން އިތުރަށް ބުނެފައި ވަނީ އީރާނުން ދީފާނެ ކަމަށް ބެލެވޭ އިތުރު ހަމަލާތަކަކުން ދިފާޢުވުމަށް ސައޫދީއާއެކު ޤަޠަރާއި ޔޫއޭއީ ވެސް އޮތީ އެދެވޭ ހާލަތެއްގައި ކަމަށެވެ. ނަމަވެސް، އީރާނަށް ތާޢީދުކުރާ ޢިރާޤުގެ މިލީޝިއާތަކުން ދީފާނެ ހަމަލާތަކަކަށް ކުވެއިތު މާ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައި އޮވެދާނެ ކަމަށް ބެލެވެއެވެ.
އެމެރިކާއިން ހިންގަމުންދާ ސޮލީބީ ހަމަލާތަކާ ހެދި ގަލްފްގެ އަރަބިންގެ އަމާންކަން ވަނީ ގެއްލިފައެވެ. އަދި އެ ގައުމުތަކަށް މިހާރު އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބެހެއްޓުން ވަނީ ނުއުފުލޭ ވަރުގެ ބުރައަކަށް ވެފައެވެ.
އެސޮސިއޭޓެޑް ޕްރެސްއިން ބުނާ ގޮތުގައި ޓްރަމްޕާއެކު ބޭއްވެވި ފޯނު ކޯލެއްގައި ސުޢޫދީ ވަލީޢަހުދު ވިދާޅުވެފައިވަނީ، އެމެރިކާއިން އީރާނަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، އަދި އެއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ގަލްފްގައި ތިބި އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް ހަމަލާދީފިނަމަ، ހަނގުރާމަ ހޫނުވެ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި، އީރާނަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ އަސްކަރީ އިންޒާރުތައް ތަކުރާރުވުމުގެ ސަބަބުން ޓްރަމްޕްގެ ބިރު ދެއްކުން މިހާރު ވަނީ ޖޯކަކަށް ވެފައެވެ.
އެމެރިކާގެ ޕެޓްރިއޮޓިކް މިސައިލްތައް މަދުވުމުގެ ސަބަބުން ހަމަލަތައް މަޑު ޖައްސާލުމަށްފަހު އެމެރިކާއިން އަނެއްކާވެސް މިއަދު ވަނީ އަލުން ހަމަލަ ދޭން ފަށަން ޖެހިދާނެ ކަމަށް ބުނެ އިންޒާރުތައް ދޭން ފަށާފައެވެ.
އީރާނު މީޑިއާއިން ސިފައިންނާ ޙަވާލާދީ ބުނަނީ އެމެރިކާއިން ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް އީރާނު ސިފައިން އަބަދުވެސް ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށެވެ. އަދި ކޮންމެ ހަމަލައަކަށް އެދެވޭ ރައްދެއް އީރާނުން ދޭނެ ކަމަށެވެ.






