ޕާކިސްތާނުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއަށް ޕާކިސްތާނަށް މަޝްވަރާއަށް ވަޑައިގަތުމަށް ދައުވަތު ދީފި އެވެ.
ދެ ޤައުމުގެ ދެމެދުގައި ފޯނުން ކުރެއްވި މަޝްވަރާތަކަކަށްފަހު، ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވީ އެންމެ އަވަހަކަށް ވެރިރަށް އިސްލާމްއާބާދަށް ވަޑައިގަތުމަށް ރަސްމީކޮށް ދައުވަތު އަރުވާފައި ކަން އިއުލާން ކޮށްފައެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި ދައުވަތު ދީފައިވަނީ ފާއިތުވި އޭޕްރީލް މަހު އެކުލަވާލި އިސްލާމްއާބާދުގެ ފަހުމުނާމާއާ އެމެރިކާއިން ޚިލާފްވެ ހަނގުރާމަ ފެށުމާ ގުޅިގެން، ވޮޝިންޓަނާއި ތެހެރާނާ ދެމެދު މަޝްވަރާތައް އަލުން ފެށުމަށްޓަކައި އިސްލާމްއާބާދާއި ދޯޙާ ގުޅިގެން ހިންގަމުންދާ ޑިޕްލޮމެޓިކް މަސައްކަތުގެ ތެރެއިންނެވެ.
ޕާކިސްތާނާއި ޤަޠަރުގެ މެދުވެރިކަމާއެކު ކުރަމުންދާ މަސައްކަތްތަކުގެ އުންމީދަކީ ފަހުމުނާމާއާ އްގޮތަށް ޢަމަލުކުރުމަށް ދެ ފަރާތް ބާރުއަޅައި، ތަޖުރިބާކާރުންގެ ފެންވަރުގައި ސީދާ އައު މަޝްވަރާ ބައްދަލުވުންތަކެއް ފެށުމެވެ.






