އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، އީރާނާއެކު އާ މަޝްވަރާތަކެއް ފެށޭނެ އެވެ. މިއީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެއްބަސްވުމަކަށް އައުމުގެ މަގުސަދުގައި، އީރާނަށް ދޭން އުޅުނު ވަރުގަދަ ހަމަލާތައް ފަސްކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މި މަޝްވަރާތަކުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ ހުރުމުޒް ކަނޑުއޮޅިއާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމުގެ ކަންކަމުގެ މައްޗަށް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓުވުމަށް އެކުލަވާލެވޭ އެއްބަސްވުމެއްގެ ބިންގާ އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ޓްރަމްޕްގެ މި އިއުލާނާ ގުޅިގެން އޭޝިއާގެ ބާޒާރުތައް ހުޅުވުނުއިރު ތެލުގެ އަގު ވަނީ ވެއްޓިފަ އެވެ. އީރާނުން ބުނަމުންދަނީ ހުރުމުޒް ކަނޑުއޮޅި ހިންގުމާ ގުޅޭގޮތުން އޮމާނާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.
އެމެރިކާގެ ރައީސް ހަނގުރާމަ ހުއްޓައި ހަނގުރާމަ ފަށައި އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަ ބަދަލުކޮށް އޮޅުވާލަމުން ދަނީ ތެލުގެ ބާޒާރުގެ އަގުތަކާ ކުޅެ ލުމަށެވެ.






