ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ އޯގަސްޓް 5 ވަނަ ދުވަހު ނިއުދިއްލީގައި ބޭއްވެވި މީޑިއާ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި، އަދި އެއީ އަމިއްލަ ފަރާތަކުން އިންތިޒާމުކުރި ހަރަކާތެއް ކަމަށާއި އެ ކަމުގައި ދެއްކެވި ވާހަކަތަކަށް އިންޑިއާ ސަރުކާރުން ތާޢީދުނުކުރާ ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިންހުކުރު ދުވަހު ހާމަކޮށްފިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އެއީ އަމިއްލަ މީޑިއާ ފަރާތަކުން އިންތިޒާމުކޮށްގެން ބޭއްވި ޙަފުލާއެއް ކަމަށާއި، އެ ތަނުގައި ދެއްކެވި އެއްވެސް ވާހަކައަކަށް، ޚާއްޞަކޮށް ބަންގްލަދޭޝްގެ ޤާނޫނީ ސަރުކާރާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް އިންޑިއާ ސަރުކާރުން ތާޢީދުނުކުރާ ކަމަށެވެ.
- ޖައިސްވާލް ވިދާޅުވީ:
އިންޑިއާގެ ދައުރެއް ނެތް: އެ ބައްދަލުވުމަކީ އިންޑިއާ ސަރުކާރުން އިންތިޒާމުކުރި ކަމެއް ނޫން ކަމަށް އެމް.އީ.އޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ. - ޙަސީނާގެ ވާހަކަފުޅު: އޮގަސްޓް 5، 2024 ގައި ބަންގްލަދޭޝް ދޫކޮށް އިންޑިއާއަށް ވަޑައިގެންނެވި ފަހުން، ޙަސީނާ ބޭއްވެވި ފުރަތަމަ އާންމު މީޑިއާ ބައްދަލުވުމުގައި ޑިމޮކްރެސީ އާރާސްތުކުރުމަށްޓަކައި މިއަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝަށް އަނބުރާ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ހަސީނާއަކީ ބަންލްގަދޭޝްގެ ކޯޓަކުން މަރުގެ ނިޔާ އިއްވާފައިވާ ފަރާތެކެވެ.






