ކަޝްމީރުގެ ރައްޔިތުންގެ އުންމީދު އެއްގޮތް، އެކަމަކު ދެ ވާހަކައެއް

ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރު ގައި ޙައްޤުތައް ހޯދުމަށް އެދި ކުރަމުންދާ މުޒާހަރާތަކާއި، އެކަމާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ސަރަހައްދުގެ މަސްރަޙު ވަނީ ގޯސްވެފައެވެ. ކަރަންޓާއި، ގޮދަނާއި، އަސާސީ ޚިދމަތްތަކަށް އެދި ރައްޔިތުން ނުކުތުމުން، ޕާކިސްތާނުގެ ސަރުކާރުން ވަނީ މުޒާހަރާކުރާ ފަރާތްތަކަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށް، އަސްކަރީ ބާރުގެ ބޭނުންކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 42 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިކަމުގެ ސަބަބުން ޕާކިސްތާނުގެ ނިޒާމުގެ ހީނަރުކަން ވަނީ ސާފު ވެފައެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚާވްޖާ އާސިފް ފަދަ އިސްވެރިން ކަޝްމީރު ރައްޔިތުންގެ އަޑުއެހުމަށް އިންކާރުކޮށް، އެ މީހުންނާ މެދު ތަފާތުކުރުން ގެންގުޅުން ހާމަވެގެންދާއިރު، މިއީ ކަޝްމީރުގެ ރައްޔިތުންނާމެދު އިސްލާމްއާބާދުން ގެންގުޅޭ ދެކޮޅު ނުޖެހޭ ސިޔާސަތު ރަމުޒުކޮށްދޭ ކަމެކެވެ.

މިއާއެކު ޕާކިސްތާންގެ ދަށުގައިވާ ކަޝްމީރުމީހުން ވަނީ އިންޑިއާގެ ކަޝް،މީރުން އެހީއަށް އެދިފައެވެ. އިންޑިއާގެ ބެލުމުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރުން އެމީޙުންނަށް ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. 2019 ވަނަ އަހަރުގެ އޮގަސްޓް 5 ވަނަ ދުވަހު ޤާނޫނީ ޢިމްތިޔާޒުތަކަށް ގެނެވުނު ބަދަލުތަކަށްފަހު، ކަޝްމީރަށ ްވަނީ ބޮޑެތި ބަދަލުތަކެއްް އައިސްފައެވެ. އޭގެ ތެރޭގައި ސަރަހައްދުގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދުމަށް ވަނީ ބޮޑެތި މަސައްކަތްތަކެއް ފެނިގެން ގޮސްފައެވެ.

  • އިޤްތިޞާދީ ކުރިއެރުން: 2025-26 މާލީ އަހަރު، ޖައްމޫ އަދި ކަޝްމީރުގެ ތަރައްޤީއަށް 4.31 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާއިރު، ޖީ.އެސް.ޑީ.ޕީ 11.19 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

  • ފަތުރުވެރިކަން: ޒަމާނީ ފެންވަރަށް މަގުތަކާއި ރޭލު ނިޒާމުތައް ތަރައްޤީކުރުމުގެ ސަބަބުން ފަތުރުވެރިކަން ކުއްލިއަކަށް ކުރިއަރައި، ގައުމީ އުފެއްދުންތެރިކަމުގެ 7 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަމުގެ ސިނާޢަތުންނެވެ.

  • އިންވެސްޓްމަންޓާއި ސްޓާޓްއަޕް: ސަރަހައްދުގެ ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން 988 އަށްވުރެ ގިނަ ސްޓާޓްއަޕް ރަޖިސްޓްރީކޮށް، އިންވެސްޓްމަންޓްތައް ވަނީ އިތުރުކޮށްފައެވެ.

ދެ ސަރަހައްދުގެ ޙާލަތު އަޅައި ބަލާއިރު ޕާކިސްތާންގެ ފަޅީގެ ކަޝްމީރުގައި ފެންނަނީ ވެރިކަމުގެ ނިޒާމު ހީނަރު ވެގެން ދިއުމުގެ ސަބަބުން ރައްޔިތުން ނިކަމެތިވަމުން ދިއުމެކެވެ. އަދި ޑިމޮކްރެސީއަށް އެދި ކުޜާ މުޒާހަރާތަކެވެ. އިންޑިއާގެ ކަޝްމީރުގައި ފެންނަނީ ތަރައްޤީއާއި އުންމީދިގެ މަންޒަރެވެ.

ހިއްސާ ކުރައްވާ!