ދެ ސަރަހައްދެއްގެ ދެ މަންޒަރު: ޖައްމޫ އަދި ކަޝްމީރާއި ޕާކިސްތާން ކަޝްމީރު

ފާއިތުވި ހަތް ދިހަ އަހަރަށްވުރެ ގިނަ ދުވަހު، ޖައްމޫ އަދި ކަޝްމީރާއި ޕާކިސްތާނުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރު އިން ދިރިއުޅެމުންދަނީ މުޅިން ތަފާތު ދެ ސިޔާސީ ނިޒާމެއްގެ ދަށުގައެވެ. 1947 ވަނަ އަހަރު މި ސަރަހައްދު ވަކިވި ނަމަވެސް، ވެރިކަން ހިންގާ ގޮތުގެ ސަބަބުން މި ދެ ސަރަހައްދުގެ މުޖުތަމަޢުތައް ވަނީ މުޅިން ތަފާތުވެފައެވެ.

އެއް ސަރަހައްދެއްގައި ޤާނޫނީ މުއައްސަސާތަކާއި، އިންތިޚާބީ ޒިންމާދާރުކަމާއި، ތަރައްޤީގެ އިންފްރާސްޓްރަކްޗަރު ފުޅާވަމުންދާއިރު، އަނެއް ސަރަހައްދުގައި މައިގަނޑު ބާރު އޮން،ނީ ރައްޔިތުންނަކަށް ނޫނެވެ. އެ ކަޝްމީރުގެ މުއައްސަސާތައް އޮންނަނީ ސިފައިންގެ ބާރުގެ ދަށުގައި މިނިވަންކަމެއް ނެތިއެވެ.

މި ތަފާތު މިހާރު ފެންނަނީ ހަމައެކަނި ޤާނޫނީ ލިޔުންތަކަކުން ނުވަތަ ސިޔާސީ ނަޒަރިއްޔާތަކުންނެއް ނޫނެވެ. މިކަން ދަނީ މަގުތަކާއި ސްކޫލްތަކުން، އަދި އިންތިޚާބުތަކާއި މުޒާހަރާތަކުން، އަދި ޢާންމުންގެ އިންވެސްޓްމަންޓްތަކުން ވެސް ސާފުކޮށް ފެންނާށެވެ.

ޖައްމޫ އަދި ކަޝްމީރުގައި އެތައް ފަހަރަކު ޑިމޮކްރެޓިކް އިންތިޚާބުތައް ބާއްވާފައި ވެއެވެ. އިންފްރާސްޓްރަކްޗަރު ތަރައްޤީވެ، އިންޑިއާގެ ޤާނޫނީ އޮނިގަނޑާ އިތުރަށް ގުޅުވާލުމަށް މަސައްކަތް ކުރަމުން ގެންދެއެވެ.

ޕާކިސްތާްގެ ދަށުގއި އޮންނަ ކަޝްމީރުގައި ފެންނަމުންދަނީ މިދިޔަ އެތައް ހަފްތާގައި އިންތިޚާބާ ގުޅިގެން ފެނުނު ތަކްލީފުތަކާއި ދިރިއުޅުމުގެ ފެންވަރާއި ވަޒީފާ ނުލިބުމާއި، ސިޔާސީ ގޮތުން އެކަވެރިވުމާ ދެކޮޅަށް މުޒާހަރާކުރަމުންދާ މަންޒަރެވެ. މި ކަންކަމުން ހާމަވަނީ ވެރިކަން ހިންގުމުގެ ދެ މޮޑެލެވެ؛ އެއީ ޑިމޮކްރެސީގެ މޮޑެލްއާއި އިދާރީ ކޮންޓްރޯލްގެ މޮޑެލްއެވެ.

ތާރީޚީ ގޮތުން ބަލާއިރު، މި ދެ ސަރަހައްދުގެ ވާހަކައަކީ ހަމައެކަނި ބިމުގެ މިލްކުވެރިކަމުގެ މައްސަލައެއް ނޫނެވެ. މިއީ ވެރިކަން ހިންގުމުގެ ދެ މޮޑެލެއްގެ ނަތީޖާ ރައްޔިތުންގެ ދިރިއުޅުމުން ފެންނަމުންދާ ގޮތުގެ އަޅައިކިޔުމެކެވެ.

އިންޑިއާ އިން ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނަސްގެން ކަޝްމީރު އިންޑިއާގެ ގާނޫނީ އޮނިގަނޑުގެ ތެރެއަށް ވައްދާފައެވެ. ކަޝްމީރު ރައްޔިތުން އިންތިޚާބުތަކުގައި ބައިވެރިވެ އެވެ. އަދި، މިނިވަން ކޯޓުތަކަށް މައްސަލަތައް ހުށަހަޅައި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ބޭނުންކުރެއެވެ.

ނަމަވެސް ޕާކިސްތާނާވީ ފަޅީގައި ޙާލަތު މުޅިން ތަފާތެވެ. އެ ސަރަހައްދުގައި ޤާނޫނު ހަދާ މަޖިލީހަކާއި ބޮޑުވަޒީރެއް ހުރެއެވެ. ނަމަވެސް، ޙަޤީޤީ ބާރުތައް މަރުކަޒު ކުރެވިފައި އޮންނަނީ އިސްލާމްއާބާދުގެ އަތުގައެވެ. ސްޓްރެޓީޖިކް، މާލީ އަދި ސަލާމަތީ ނިންމުންތައް ނިންމަނީ ޕާކިސްތާނުގެ މަރުކަޒީ އިއްތިހާދީ ސަރުކާރާއި އަސްކަރީ ބާރުގެ ދަށުންނެވެ.

މި ތަފާތު އެންމެ ބޮޑަށް ފެންނަނީ ސިޔާސީ ނުތަނަވަސްކަން ހިނގާ ދުވަސްވަރުގައެވެ. ޑިމޮކްރެޓިކް ނިޒާމުތަކުގައި ސަރުކާރުތަކަށް ފާޑުކިޔުމާއި، އިދިކޮޅު ކެމްޕޭންތައް ކުރުމާއި، ޤާނޫނީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ޑިމޮކްރެސީއެއް ނެތް ނަމަ، އެފަދަ ޚިޔާލު ތަފާތުވުންތައް ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ސިފަކުރެއެވެ. ޕާކިސްތާނާ ވީ ފަޅީގެ ކަޝްމީރުގައި ހިނގަމުންދާ މުޒާހަރާތަކުން ސާފުކޮށްދެނީ މި ތަފާތެވެ. ކަރަންޓު އަގުބޮޑުވުމާއި، ގޮދަން ލިބުން ދަތިވުމާއި، ވަޒީފާ ނުލިބުމުގެ ސަބަބުން ރައްޔިތުން ވަނީ މަގުތަކަށް ނުކުމެފައެވެ.

މުޒާހަރާކުރާ ފަރާތްތަކުން ހަމައެކަނި އަގުތަކާ ދެކޮޅަށް އަޑުއުފުލަނީއެއް ނޫނެވެ؛ އެ މީހުން އެދެނީ އިންސާނީ ކަރާމާތާއި، ގާނޫނީ ގޮތުން އެމީހުން ތަމްސީލުކުރުމުގެ ޙައްޤަށެވެ. ނަމަވެސް ސަރުކާރުން ދެމުންދަނީ އަނިޔާވެރި ރައްދެކެވެ. ސަލާމަތީ ބާރުތަކުން އިތުރުކޮށް، މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް، ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލަމުންދާއިރު، މިއީ ހަމައެކަނި އިދާރީ ކޮންޓްރޯލް ދަމަހައްޓަން މަސައްކަތްކުރާ ކުރުމެކެވެ.

ޖައްމޫ ކަޝްމީރު ތަފާތުވާ ގޮތަކީ، އިންތިޚާބުތަކާ އެކު، ޝަރީޢަތްތައް އޮތުމާއި، މީޑިއާގެ ޒަރީޢާއިން މައްސަލަ ހައްލުކުރުމުގެ ފުރުސަތު އޮތުމެވެ. އަދި ޕަންޗާޔަތުތަކާއި، ޑިސްޓްރިކްޓް ޑިވެލޮޕްމަންޓް ކައުންސިލްތަކާއި، މުނިސިޕަލް ކޯޕަރޭޝަންތައެް އިންތިޚާބު ކޮށްފައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވެރިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅިފައި ވުމެވެ.

ހިއްސާ ކުރައްވާ!