އީރާނު ރުއްސަން އެމެރިކާގެ ފިޔަވަޅުތައް

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާ ގުޅުންހުރި 3 ކުންފުންޏަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިކަން އިއުލާންކޮށްފައެވެ.

އެމެރިކާއިން މިކަން ކުރީ އަމިއްލައަށް އިސްނަގައިގެން އީރާނުން އެދިފައި ނުވަނީިހެވެ..

މި ފިޔަވަޅު އުވާލާފައިވަނީ ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް މަގުފަހިވެގެންދާނެ ސިޔާސީ ހައްލަކަށް އެމެރިކާ އީރާނަށް އާދޭސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ތަފްސީލުތަކުން ދައްކާ ގޮތުގައި، އެމެރިކާއިން ވަނީ އައި.އާރް.ޖީ.ސީ އާ ގުޅުންހުރި ދެ ބޯޓަކާއި އެއާލައިން ތިން ކުންފުންޏަކާ ދެކޮޅަށް ޓެރަރިޒަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާފައެވެ.

"ފޮކްސް ނިއުސް" އަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ޓްރެޜަރީގެ މަސްއޫލުވެރިއަކު ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އީރާނާމެދު ނުވަތަ އައި.އާރް.ޖީ.ސީގެ ގުދުސް ފޯސްއާމެދު ވޮޝިންގޓަންއިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް އައިކަން އަންގައިދޭ ކަމެއް ނޫން ކަމަށެވެ

.

ހިއްސާ ކުރައްވާ!