ޕަޒެކްޝިއަންގެ އިސްތިއުފާއަކީ ޒަޔަނސިްޓު ޔަހޫދީންގެ ޕްރޮޕެގެންޑާއެއް

އީރާނުގެ ރައީސް މަސްޢޫދު ޕަޒެކްޝިއަން އިސްތިއުފާ ދެއްވުމަށް ވިސްނަވާ ކަމަށް ޔަހޫދީން ފެތުރި ވާހަކަތައް ޒަޔަނިސްޓު މީޑިއާއިން ވަނީ ފަތުރާފައެވެ. އީރާންގެ ރައީސް ވަނީ މިއީ ޒަޔަނިސްޓު ޔަހޫދީންގެ ޕްރޮޕެގެންޑާއެއް ކަމަށާއި މިއީ އީރާންގެ އެތެރޭގައި ބަިއބައި ކޮށްލުމަށް ފަތުރާފައިވާ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ޔަހޫދީންގެ ޕރޮޕެގެންޑާ ފެތުރި މީޑިއާއިން ބުނެފައި ވަނީ ރައީސް ޕެޒެކްޝިއަން އިސްތިއުފާ ދެއްވަނީ އީރާންގެ އިމާމް މުޖުތަބާ ޚާމަނާއީއާ ދެމެދު ދެބަސްވުމެއް އުފެދިގެން ކަމަށެވެ.

ހަގީގަތަކީ އީރާންގެ ކަންކަން ނިންމުގައި ވީޓޯ ކުރުމުގެ ދުސްތޫރީ ބާރު އިސްލާމީ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން މަތިކޮށްފައި ވަނީ އިމާމް އާއެވެ. އަދި އިމާމްގެ ނިންމުމަކީ އެއަށް ދެބަސް ވެވޭނެ ނިންމުމެއް ނޫނެވެ.

ޕެޒެކްޝިއަންގެ ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ޓީވީ އިންޓަވިއުއެއް ދެއްވަމުން ރައީސް މަސްޢޫދު ޕެޒެކްޝިއަން ވިދާޅުވީ، ޔަހޫދީ ޕްރޮޕެގެންޑާއާ ޚިލާފަށް މަޤާމުގައި ދެމިހުންނަވާނެ ކަމަށާއި ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ސަރުކާރާއި ސިފައިންނާ ކަންކަން ވިލަރެސް ކުރެވި ދެމެދު ފުރިހަމަ ގުޅުމެއް އޮތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޕެެކްޝިއަން ވިދާޅުވީ، ސަރުކާރާއި އީރާންގެ އެންމެ މަތީ ލީޑަރު އިމާމް އާޔަތުﷲ ސައްޔިދު މުޖްތަބާ ޚާމަނާއީއާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހުރިކަމުގެ ތަޞައްވުރެއް އުފެއްދުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން މީގެ ކުރިން އީރާނުގެ ރައީސްގެ ޑެޕިއުޓީ އިންފޮމޭޝަން އޮފިސަރު މަހުދީ ތަބާތުބާއީ ވިދާޅުވެފައިވަނީ، ޤައުމީ އެއްބައިވަންތަކަމަށް ގެއްލުންދީ، އީރާނުގެ ދުޝްމނުންގެ މަޞްލަޙަތަށް ފައިދާކުރުމަށްޓަކައި ސިޔާސީ ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ދޮގު ޚަބަރުތައް ފަތުރަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!