އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑިއަށް ވާދަކުރާ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ޓިކެޓް ހޯދުމުގެ ވާދަވެރިކަމުގައި ޒަޔަނިސްޓު ޔަހޫދީންގެ އައިޕެކްއިން 65 މިލިއަން ޑޮލަރު ހޭދަކޮށްގެން ކެމްޕޭން ކޮށްދިން އަންހެން މީހާ ބަލިކޮށް މިސްރުގެ ދަރިކޮޅުގެ އަބްދުއް ރަޙުމާން އައްސައްޔިދު ކުރި ހޯދައިފިއެވެ.
އަބްދުލް އާ ދެކޮޅަށް ހުތުރު ކެމްޕޭނެއް ވަނީ ހިންގާފައެވެ. އެމެރިކާގެ ކޮންގްރެސްގައި ތިބޭ ޔަހޫދީ ޒަޔަނިސްޓުންނަށް ގުލާނު ކޮށްދޭ މެމްބަރުން ބުނެފައި ވަނީ އަބްދުލް ހޮވައިފިނަމަ އޭނާ އެމެރިކާގައި އިސްލާމީ ޝަރީއާ ތަންފީޒު ކުރުމަށް މަސައްކަތް ކުޜާނެ ކަމަށެވެ.
އަބްދުއްރަޙުމާން އައްސައްޔިދަކީ ޒަހްރާން މަމްދާނީ ފަދަ ވާތުފިޔައިގެ ވިސްނުމުގެ މީހެކެވެ. އޭނާ އަކީ އެމެރިކާގެ ޓެކްސް ދައްކާ މީހުންގެ ފައިސާ ޔަހޫދީ ޒަަޔނިސްޓުން ޖެނޮސައިޑް ހިންގުމަށް ހޭދަ ކުރުމަށް ދޫކޮށްލުމާ ދެކޮޅަށް ވާހަކަ ދައްކާ މީހެކެވެ.
އޭނާއާއެކު މި ޕްރައިމަރީގައި މިޝިގަންގެ އެހެން ދާއިރާއަކުން ވާދަކުރި މިހާރުވެސް ކޮންގްރެސްގައި އިންނަ ފަލަސްޔީނުގެ ދަރިކޮޅުގެ ރަޝީދާ ތުލައިބު ވެސް ވަނީ ޕްރައިމަރީ ކާމިޔާބު ކޮށްފައެވެ.
އަބްދުއްރަޙުމާން އައްސައްޔިދު ބަލި ކުރި އަންހެން މީހާއަކީ ޒަޔަނސިްޓު ޔަހޫދީންނަށް މަރުދޭން ތައްޔާރަށް ހުރިކަމަށް ބުނި ހޭލީ ސްޓީވެންސް އެވެ. ދެ ވެރިންގެ ނަތީޖާ އުޅުނީ ކައިރި ކައިރީގައެވެ. ނަމަވެސް ތަފާތަކީ އަބްދުއްރަހުމާން އައްސައްޔިދު 10 ގުނަ މަދުން ހޭދަކޮށްގެން ޕްރައިމަރީ ކާމިޔާބު ކުރުމެވެ.





