އީރާނުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ މެދުއިރުމަތީގެ ސަރަޙައްދުގައި ގާއިމުވެތިބި އެމެރިކާގެ އަސްކަރީ ފޯސްތައް އެ ސަރަޙައްދުން ފޭބުމަށް ގޮވާލައްވާފައެވެ.
މެދުއިރުމަތީގައި މަސްރަހު ހަމައަކަށް އެޅުވުމަށް، އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ބޭސްތަކާއި ސިފައިން ސަރަޙައްދުން ބޭރުކުރުމަށް މަސައްކަތް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ މަސްއޫލުވެރިން ފާހަގަކުރެއްވި ގޮތުގައި، ސަރަޙައްދީ ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓޭނީ ބޭރުގެ އަސްކަރީ ބާރުތައް މެދުއިރުމަތިން ނުކުމެގެން ކަމަށެވެ.
މިކަން ހާމަކޮށްފައި ވަނީ މުޖުތަބާގެ މުސްތަޝާރު އަލީ އަކްބަރު ވިލާޔަތު މެދުވެރިކޮށެވެ.
އަނެއްކޮޅުން ދުނިޔެއިން ދަނީ އީރާނާ އޮމާންގެ އެއްބަސް ވުމަށް އިންތިޒާރު ކުރަމުން އެވެ.





