ސީ.އެން.އެން: އެމެރިކާ ދަނީ އީރާނާއެކު ކުރާ ހަނގުރާމައިން ނުކުންނާނެ މަގެއް ހޯދަމުން

އެމެރިކާގެ ޗީފް އޮފް ސްޓާފް ދަނީ އީރާނާއެކު ކުރާ ހަނގުރާމައިން ނުކުންނާނެ މަގެއް ހޯދަމުން ކަމަށް ސީއެންއެން އިން ބުނެފިއެވެ.

ސީ.އެން.އެން ނެޓްވޯކަށް މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނި ގޮތުގައި: އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ރައީސް ޑޭން ކީން ދަނީ އީރާނާއެކު ކުރާ ހަނގުރާމައިން ނުކުންނާނެ މަގެއް ހޯދަމުންނެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މުޝީރުންނާއެކު ބޭއްވެވި މަޝްވަރާތަކުގައި ކީން ވަނީ، ހަނގުރާމަ އާ ނުރައްކާ ބޮޑުކުރުމަށް ހުށަހެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުބައި ނަތީޖާއެއް ނުކުމެދާނެކަން ސާފުކޮށްދެއްވާފައެވެ.

ހަމައެކަނި ވައިގެ ބާރު ބޭނުންކޮށްގެން ޓްރަމްޕް އިއުލާނު ކުރެއްވި މަގުސަދުތައް ހާސިލު ނުކުރެވޭނެ ކަމަށް ކީން ސާފުކޮށްދެއްވިއެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ރައީސް ވަނީ ނައިބު ރައީސާއި، ހާރިޖީ ވަޒީރު އަދި ސީ.އައި.އޭ ގެ ޑިރެކްޓަރު ހިމެނޭހެން ވެރިންނާއެކު މި ޚިޔާލު ހިއްސާކުރައްވާފައެވެ.

އެންމެ ފަހުން ކީން ބޭއްވެވި ބައްދަލުވުންތަކުގެ މަގުސަދަކީ އެމެރިކާއަށް އޮތް އަސްކަރީ ފުރުސަތުތަކުގެ ނުރައްކާތަކާއި ހުދޫދުތައް ސާފުކޮށްދިނުމެވެ.

ކީން އާއި ޓްރަމްޕް އެޑްމިނިސްޓްރޭޝަންގެ އިސް މަސްއޫލުވެރިން ސިއްރިއްޔާތުގައި ގަބޫލުކުރައްވާ ގޮތުގައި، ވައިގެ ހަމަލާތައް ދީގެން ރައީސްގެ ޝަރުތުތަކަށް އީރާނު އެއްބަސްކުރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ހިއްސާ ކުރައްވާ!