އމެރިކާގެ އޮކްލަހޯމާ ސްޓޭޓްގެ ރިޕަބްލިކަން ޕާޓީގެ ސެނެޓް ކެންޑިޑޭޓް، ބެރީ ކްރިސްޓިއަން މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައެ ރަސްމީ ތަހުގީގުގެ ނަތީޖާއާ މެދު އާއިލާއިން ވަނީ ޝައްކުތަކެއް އުފައްދާފައެވެ.
އުމުރުން 54 އަހަރުގެ ކްރިސްޓިއަން، މިއަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާ ފެނުނީ ޓެކްސަސް ބޯޑަރު ކައިރީގައި އޮންނަ ވަޅުގަނޑެއްގައި އޭނާ ދުއްވި ޕިކަޕް ވެއްޓިފައި އޮއްވައެވެ.
އޮކްލަހޯމާގެ ޗީފް މެޑިކަލް އެގްޒަމިނާ އޮފީހުން ނެރުނު ވަގުތީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެންނެވެ. ނަމަވެސް އޭނާގެ ކުރީގެ އަނބިމީހާ، ފަރާ ކްރިސްޓިއަން އާއި އާއިލާގެ އެހެން މެންބަރުން ވަނީ މި ވާހަކަތަކަށް ދޮގުކޮށް ތަހުގީގު ހިންގާފައިވާ ގޮތާމެދު ސުވާލު އުފައްދާފައެވެ.
އާއިލާއިން ފާހަގަކުރާ ގޮތުގައި، އޭނާގެ ބޮލަށް ބަޑީގެ ވަޒަން އަމާޒު ވެފައިވާ ގޮތުން އޭނާ އަކީ ކަނާތު މީހަކަށް ވާއިރު ވާތުން ބަޑި ޖެހިކަމަށް ބުނާ ބުނުމާ މެދު ފުށުއެރުންތަކެއްވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އޭނާގެ ދަރިފުޅު ބުނީ މިއީ ސިޔާސީ މަރެއް ކަމަށެވެ.
ކްރިސްޓިއަން އަކީ ޓްރަމްޕަށް މަރުދަންޖެހުނު މީހެކެވެ.





