އެމެރިކާގއި: ޔަމަނުގެ ދަރިކޮޅުގެ ފުރަތަމަ ފަނޑިޔާރަކަށް އަސްމާ އަލީ

އެމެރިކާގެ މިސިސިޕީ ގައި ޤާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްކުރަމުން އައި ޔަމަނު ދަރިކޮޅުގެ އަސްމާ އަލީ ވަނީ ޔަމަން ދަރިކޮޅުން އެމެރިކާގައި ފަނޑިޔާރުކަން ކުރާ ފުރަތަމަ ގާޒީއަށް ވެފައެވެ.

އޭނާ މަގާމަށް ހަމަޖެހުނު ޖަލްސާއަށް ދިޔައިރު ޚާއްސަ ހެދުމެއް ގެނަސްފައި ނުވަނީ އޭނާއަށް މަގާމު ލިބޭނެކަން އެނގިފައި ނުވާތީ ކަމަށް ބުންޏެވެ.

"އަޅުގަނޑު ދިޔައީ ވަރަށް އާދައިގެ ގޮތަކަށް، ނަމަވެސް ކައުންސިލުން ނިންމައި މަޤާމަށް އައްޔަންކުރުމާއެކު ރަސްމީ ހެދުމެއް ނެތްކަން އެނގުނު،" ކަމަށް އަސްމާ އަލީ މީޑިއާއަށް ކިޔައި ދިނެވެ.

އޭނާއަކީ ހިޖުރަކުރުމުގެ ޤާނޫނީ މައްސަލަތަކާއި އިންސާނީ ޙައްޤުތަކުގެ ދާއިރާގައި މަސައްކަތްކުރައްވާ ވަކީލެކެވެ.

އޭނާގެ ޤާނޫނީ ކެރިއަރު ފެށިގެން އައީ އެމެރިކާގެ މުޖުތަމަޢުތަކުގައި ދިރިއުޅޭ މުހާޖިރުންނާއި ޢާއިލާތަކަށް އެހީތެރިވުމުގެ ތެރެއިންނެވެ.

އޭނާއަށް އަލަށް ލިބުނު މަގާމުގައި މުނިސިޕަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ޖިނާއީ މައްސަލަތަކާއި ރަށުގެ އިދާރީ މައްސަލަތައް ބެލުމުގެ ޒިންމާ އޭނާއާ މަތިވާނެއެވެ.

ހިއްސާ ކުރައްވާ!