ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާ ޒުވާން އަންހެން ކުއްޖަކާ ހިތާވެގެން އުޅޭތީ އޭނާގެ އަންހެނުން ޝަކުވާ ކޮށްފިއެވެ. ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ، ބުނީ އާ ފިލްމީ ތަރިއެއް ކަމަށްވާ ކޮމަލްއާ ހިތާވެގެން އުޅޭތީ އެ ދެމަފިރިންގެ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށެވެ.
ސުނީތާ އަހޫޖާ ބުނީ އެއަންހެން ކުއްޖާއަކީ ގޯވިންދާ އާއި އޭނާގެ އަންހެން ދަރިފުޅާ އެއް އުމުރެއްގެ ކުއްޖެއް ކަމަށެވެ.
"އާ ފަންނާނުންނާއެކު ކުރީގެ ތަރިން އާންމު ތަންތަނަށް ނުކުމެ އުޅުމުގައި ވަކި ހައްދެއް އޮންނަންޖެހޭ. މިފަދަ ކަންކަމަކީ އާއިލީ ގުޅުންތަކަށް ނުރައްކާވާ ފަދަ ކަންކަން،" ސުނީތާ ބުންޏެވެ.
ގޯވިންދާ އާއި ކޮމަލް އެކި މުނާސަބާތަކުން ފެނިގެންދިއުމަކީ މީގެ ކުރިންވެސް ރިޕޯޓުކޮށްފައިވާ ކަމެކެވެ. ނަމަވެސް، މި ފަހަރު އާއިލާގެ ޝަކުވާއާ އެކު، މި މައްސަލައަށް ވަނީ އިތުރު ސަމާލުކަމެއް ލިބިފައެވެ.
މި ޚަބަރާ ގުޅޭގޮތުން ގޯވިންދާގެ ފަރާތުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.





