އިންޑިއާ-ޖަޕާން ދިފާއީ ޓެކްނޮލޮޖީގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފި

ޖަޕާނުގެ ދިފާއީ ވަޒީރު ކޮއިޒުމީ ޝިންޖީރޯ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއެކު، ދެޤައުމުގެ ދިފާއީ ވަޒީރުންގެ ބައްދަލުވުންތައް ނިއުދިއްލީގައި ފެށިގެންދާއިރު، ސިޔާސީ ގުޅުމުގެ ބޭރުން އަމަލީ ސިނާއީ އެއްބާރުލުން އުފެއްދުމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ.

ޖަޕާނުން ގެންގުޅޭ "ދިފާއީ އުފެއްދުންތެރިކަމަކީ އޭގެ ޒާތުގައ ގައި ހަމަލާތަކުން ދިފާއުވުމުގެ ބާރެއް" ކަމަށް ބުނާ ދިފާއީ ސިޔާސަތުގެ ދަށުން، ޗައިނާއަށް ބަރޯސާނުވާ ސަޕްލައި ޗޭނެއް ގާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ސިޔާސަތުގެ ތެރެއިން އިންޑިއާއާއި ޖަޕާނުގެ ސައިންސާއި ޓެކްނޮލޮޖީގެ ގުޅުން ސިނާއީ ފެންވަރުގައި ކުރިއެރުވުމަކީ މައިގަނޑު އަމާޒެކެވެ.

ވޭތުވެދިޔަ ދެ ދިހަ އަހަރު ތެރޭގައި އިންޑިއާ ކަނޑާއި ޕެސިފިކް ސަރަހައްދުގެ ސްޓްރެޓެޖިކް ގުޅުންތައް ބަދަހިވި ނަމަވެސް، ދިފާއީ ޓެކްނޮލޮޖީގެ ދާއިރާއިން އަމަލީ ގޮތުން ކުރެވުނު މަސައްކަތްތައް އުޅެނީ ނިސްބަތުން ލަސްކޮށެވެ. ނޭވީ އުޅަނދުފަހަރަށް ޚާއްޞަކޮށްގެން ޖަޕާނުން އުފެއްދި "ޔުނިކޯން" އެންޓެނާ މާސްޓް އިންޑިއާއާއެކު ގުޅިގެން އުފެއްދުމުގެ މަޝްރޫއަކީ ދެޤައުމުގެ ދިފާއީ އުފެއްދުންތެރިކަމުގެ ޤާބިލުކަން ވަޒަންކޮށްލެވޭނެ މުހިންމު އިމްތިހާނެކެވެ. މީގެ އިތުރުން ޑްރޯން ފަދަ ސިސްޓަމްތައް ގުޅިގެން އުފެއްދުމަށް އިންޑިއާގެ އައިޑިއާފޯޖް އަދި ޖަޕާނުގެ އޭސީއެސްއެލް ފަދަ ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދެޤައުމުގެ ދިފާއީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޓެކްނޮލޮޖީ ބަދަލުކުރުމާއި، އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތައް އެއްގޮތް ކުރަންޖެހެއެވެ. އިންޑިއާއިން އަމިއްލަ ޤައުމުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް އިސްކަންދޭއިރު، ޖަޕާނުން އިސްކަންދެނީ ޓެކްނޮލޮޖީގެ ރައްކާތެރިކަމަށެވެ. މި ދެމެދުގައިވާ ފަރަގު ކުޑަކޮށް، ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށްގެން މެނުވީ ދިގު މުއްދަތުގެ ދިފާއީ ސިނާއީ ބަދަހިކަމެއް ގާއިމުކުރެވޭކަށް ނެތެވެ.

ހިއްސާ ކުރައްވާ!