މިޞްރާއި ޗައިނާގެ ގުޅުމުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް އާ އުއްމީދުތަކެއް

މިޞްރުގެ ޤާހިރާގައި ހުންނަ އިޖިޕްޝަން ޗައިނީޒް ޔުނިވަރސިޓީއިން މިސްރަށް ކުރައްވާ ދަތުރުފުޅުގައި ޗައިނާ ރައީސަށް މަރުހަބާ ދަންނަވައިފިއެވެ.

މިޞްރާއި، އެފްރިކާ އަދި މެދުއިރުމަތީގައިވެސް ޗައިނާގެ ނަމުން ނަންދެވިފައިވާ ފުރަތަމަ ޔުނިވަރސިޓީގެ ކިޔެވުން ފެށުނުތާ 10 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ޑރ. ކަރީމާ ވިދާޅުވީ މަތީ ތަޢުލީމާއި ސައިންސީ ދިރާސާތަކަކީ ދެ ޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންގޮސްދޭ މުހިންމު ފާލަމެއް ކަމަށެވެ. ޗައިނާގެ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އީޖާދީ ޢިލްމު މިޞްރުގެ ޒުވާނުންނަށް ފޯރުކޮށްދީ، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ ޤާބިލު ޖީލެއް ބިނާކުރުމަކީ މި ކޮލެޖުގެ މައިގަނޑު މަޤްޞަދެވެ.

އިޖިޕްޝަން ޗައިނީޒް ޔުނިވަރސިޓީގެ ބޯޑު އޮފް ޓްރަސްޓީސްގެ ރައީސާ ޑރ. ކަރީމާ ޢަބްދުލްކަރީމް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިޞްރަށް ކުރެއްވި ޒިޔާރަތަށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމަށް ތަޢުރީފު ކުރައްވައިފިއެވެ. ޗައިނާގެ ރައީސް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލްސީސީއާ ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް 70 އަހަރުވީ ތާރީޚީ އަދި އިސްތިރާތީޖީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިޞްރުގެ ރައީސް އަލްސީސީ މަތީ ތަޢުލީމު ކުރިއެރުވުމަށާއި ބައިނަލްއަޤްވާމީ ތަޢުލީމީ އިދާރާތަކާއެކު ގުޅުން ބަދަހިކުރުމަށް ދެއްވާ އަހަންމިއްޔަތުކަމަށް އޭނާ ތަޢުރީފު ކުރެއްވިއެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކުރިއަރަމުންދާ ދުނިޔެއަށް ބޭނުންވާނެ ހުނަރުވެރި ދަރިވަރުން އުފެއްދުމަށްޓަކައި، ކިޔަވައިދޭ މާއްދާތައް މާކެޓުގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!