އީރާނަށް ސޮލީބީ ހަމަލާތައް ދެމުން ދިއުމާއެކު މެދުއިރުމަތީގެ މަސްރަހު ނާޒުކު މައިދާނަކަށް ބަދަލުވެފައިވާތީ އިސްރާއީލުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި "އަހަރެން އިސްރާއީލު ބަލަހައްޓާނަން" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އަދި މި ހަނގުރާމަ މާ ދިގު މުއްދަތަކަށް ދެމިގެން ނުދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އިސްރާއީލުގެ "ކާން" ބްރޯޑްކާސްޓަރަށް ދެއްވި ފޯނު އިންޓަވިއުއެއްގައި، އަސްކަރީ ހަމަލާތައް ވަރުގަދަވަމުންދާތީ އެކަމާ މެދު ސުވާލުކުރުމުން ޓްރަމްޕް ވަނީ ވަރަށް ސާފުކޮށް އެމެރިކާގެ ތާއީދު ޔަހުދީ ރެޖީމު ދަމަހައްޓަން ސާބިތު ކަމާއެކު އޮތްކަން ހާމަކުރައްވާފައެވެ. "އިސްރާއީލުން ކަންބޮޑުވާކަށް ނުޖެހޭނެ. ސަބަބަކީ ކޮބައިކަން އެނގޭތަ؟ ސަބަބަކީ އަހަރެން އަހަރެން ރައީސަކަށް ހުރީމަ! އަހަރެންނަކީ އިސްރާއީލިުގެ ކަންކަން ބަލަހައްޓާ މަލާއިކަތާ!" ޓްރަމްޕް އޭނާގެ ކިބުރުވެރި ރާގަށް ބުންޏެވެ.
އޭގެ ފަހުން ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މި ހަނގުރާމަ ދެން ކުރިއަށްދާނީ ކިހާ ދުވަހަކަށްތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ "ދިގު މުއްދަތެއް ނުނަގާނެ" ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައާ މެދު ވާހަކަފުޅު ދައްކަވަމުން، ސީދާ ތާރީޚެއް ނުދެއްވި ނަމަވެސް، ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަހަރެންނަކަށް ނުވިސްނޭ މާ ދިގު މުއްދަތަކަށް މިކަން ދެމިގެންދާނެ ކަމަކަށް. އަހަރެންނަކަށް ނޭނގެ އީރާނަށް އިތުރަށް ކެތްކުރެވޭނީ ކިހާވަރަކަށް ކަމެއްވެސް،" ޓްރަމްޕް ވިދާޅުވިއެވެ.
މިދިޔަ މަސްތަކުގައިވެސް ޓްރަމްޕް ވަނީ ހަނގުރާމަ އަވަހަށް ނިމޭނެ ކަމަށް ބުނެ އެތައް ފަހަރަކު މީހުންނަށް އޮޅުވާލާފައެވެ. ނަމަވެސް އިސްލާމީ ޖުމްހޫރިއްޔާއިން އެމެރިކާ ގިއްގަޅުވާލަމުން ދެއެވެ.
އެއް މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، އާދީއްތަ ދުވަހު އެމެރިކާއިން ވަނީ އަލުން ސޮލީބީ ހަމަލަތައް ދޭން ފަށާފައެވެ.
ހަފުތާގެ ބަންދުގައި އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ލާރަކް ޖަޒީރާގައި ހުރި ރޮކެޓް ލޯންޗަރުތަކަށް ހަމަލާދީފައެވެ. އޭގެ ރައްދުގައި އީރާނުން ވަނީ އުރުދުންއަށާއި އެކުވެރި އަރަބި އިމާރާތުގަިއ ބަނޑަހަ ޖަހައިގެން ތިބޭ އެމެރިކާގެ އަދުއްވުންގެ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ.
އަންގާރަ ދުވަހު އެމެރިކާއިން ދިން ސޮލީބީ ހަމަލައެއް އަމާޒު ކޮށްފައި ވަނީ އީރާނުގެ ކައިވެނި ޕާޓިއަކަށެވެ. އެއީ އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގައި މީހުން ބިރު ގެންނެވުމުމަށް ކައިވެނި ޕާޓީތަކަށް ދޭ ހަމަލާއާ އެއްފަދައިން ހިންގި ހަނގުރާމައިގެ ޖަރީމާއެކެވެ.އެމެރިކާގެ އުދުވާނަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ އުރުދުން، ޔޫއޭއީ، ކުވެއިތު، ބަހްރޭން އަދި އިރާގުގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް ސިލްސިލާ ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.






