އެމެރިކާއިން ޖައްވުގެ ދާއިރާގެ ސިފައިންގެ ގޮފި ތައާރަފް ކޮށްފި

އެމެރިކާގެ ސިފައިންގެ ތެރޭގައި ޖައްވީ ކަންކަމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ޖައްވީ ފޯސްގެ ސިފައިންގެ ގޮތްޕަކީ، ޤައުމުގެ ދިފާޢީ ނިޒާމުގައި ޖައްވީ ޤާބިލުކަން އިތުރުކުރުމަށް އުފެއްދި އެންމެ މުހިންމު ގޮފިު ކަމަށް ބުނެއެވެ. ޗައިނާއިން އަސްކަރީ ގޮތުންނާއި ޖައްވީ ގޮތުން ކުރި އަރަމުން ދިއުމ ގުޅިގެން މި ގޮފީގެ މައިގަނޑު މަސައްކަތަކީ ޖައްވުގައި އެމެރިކާގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމާއި، ޖައްވީ ހަނގުރާމައިގެ ޤާބިލުކަން ވަރުގަދަކުރުމެވެ.

މިއަދު މިކަން އިއުލާން ކޮށް މި ގިޮފީގެ ޝިއާރު ދައްކާލި ނަމަވެސް މި ޖައްވީ ސިފައިންގެ ގޮފި ރަސްމީކޮށް އުފައްދާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެއީ ޤައުމީ ދިފާޢީ ބިލުގެ ދަށުންނެވެ. މިއީ 1947 ވަނަ އަހަރު ވައިގެ ސިފައިންގެ ގޮފި އުފެއްދިފަހުން، އެމެރިކާގެ ސިފައިންގެ ތެރެއަށް އަލަށް އިތުރުކުރެވުނު ފުރަތަމަ ސިފައިންގެ ގޮތްޕެވެ. މި ގޮފި އުފެއްދުމާއެކު، ކުރިން އެކި ގޮފިތަކުގައި ވަކިވަކިން ހިންގަމުންދިޔަ ޖައްވީ އަދި ސެޓެލައިޓް މަސައްކަތްތައް ވަނީ އެއް ފުރާޅެއްގެ ދަށަށް ގެނެވިފައެވެ.

މި ޖައްވީ ސިފައިންގެ ޤާބިލުކަން އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މިއަދު އެ ގޮފީގައި 14,000 އަށްވުރެ ގިނަ ޚިދުމަތްތެރިން މަސައްކަތްކުރަމުންދެއެވެ. މީގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންގެ އިތުރުން ޕްރޮފެޝަނަލް މަދަނީ މުވައްޒަފުން ހިމެނެއެވެ. އަދި މި ގޮފީގެ އެންމެ އިސް ވެރިޔާގެ ގޮތުން މިހާރު ހުންނެވީ ޖެނެރަލް ޑަގްލަސް ޝީސްއެވެ. އޭނާ މަޤާމާ ހަވާލުވެވަޑައިގަތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

މިއަދުގެ ދުނިޔޭގައި ޖައްވީ ޓެކްނޮލޮޖީއަކީ ހަނގުރާމައިގެ މައިދާނުގައި ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. ޚާއްޞަކޮށް މުވާޞަލާތީ ނިޒާމުތަކާއި، ސެޓެލެއިޓް މެދުވެރިކޮށް ކުރެވޭ ދިރާސާތަކާއި، މިސައިލް ޙަމަލާތަކުން ސަލާމަތްވުމަށް ޖައްވީ ޤާބިލުކަން މުހިންމު ރޯލެއް އަދާކުރެއެވެ. މިކަމަށްޓަކައި އެމެރިކާއިން ވަނީ މި ގޮފީގެ ބަޖެޓު ބޮޑުކޮށް، ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމަށް ބޮޑެތި އިންވެސްޓްމަންޓުތައް ކޮށްފައެވެ.

ހިއްސާ ކުރައްވާ!