އެމެރިކާ ސިފައިން ޕަޓާޔާގެ ނައިޓްކްލަބްތަކުގައި ރޭ ހަތަރު ދަމު މަޖާ ކުރަމުންދާއިރު ސީއެންއެންއާއި ދުނިޔޭގެ މީޑިއާއިން ދަނީ މަނަވަރުއ ަބްރަހަމް ލިންކަންގައި ޖަހާފައިވާ ދަބަރާ މެދު ވާހަކަ ދައްކަމުންނެވެ.
ފާއިތުވި ނޮވެމްބަރު މަހު ސަންޑިއޭގޯއިން ފުރައިގެންދިޔަ އިރު ހުރި ގޮތާ މުޅިން ޚިލާފަށް، އެމެރިކާގެ އެންމެ ބޮޑު އެއް މަނަވަރު ކަމަށްވާ "ޔޫއެސްއެސްއަބްރަހަމް ލިންކަން" ބުދަ ދުވަހު ތައިލެންޑުގެ ބަނދަރަކަށް ވަދއްޖެއެވެ.
ގާތްގަނޑަކަށް 1،100 ފޫޓު ދިގު މި މަނަވަރުގެ އެއްކޮޅުން އަނެއްކޮޅަށް ވަނީ ދަބަރު ޖަހާފައެވެ. މި މަނަވަރު މިފަދަ ހާލަތެއްގައި އޮތް މަންޒަރު ފެނި ބަނދަރު ސަރަޙައްދުގައި ތބި މީހުންނަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި މަނަވަރު ވަނީ މާކަނޑުގައި 286 ދުވަސް ހޭދަކޮށްފައެވެ.
މި މަނަވަރުގެ ފާޚާނާތައް ވަނީ ބެދިފައެވެ. އަދި ލޯންޑްރީތައް ވަނީ ހަލާކު ވެފައެވެ.، މަނަވަރަށް ކާނާ ސަޕްލައި ކޮށްދިނުމަށްވެސް ގޮން ޖެހުންތަކެއް ކުރިމަތިވި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ބައެއް މީހުން ބުނަނީ ބިޔަ ކޮށް ފެނުނު ކަމުގައިވިއަސް މަނަވަރުގެ އޮޕަރޭޝަނަލް ގާބިލު ކަމާމެދު މިހާރު ސުއާލު އުފެދޭ ކަމެވެ.








