ދަރިވަރުންގެ މަދަރުސީ ސުލޫކާއި ބޯ ކޮށުމާއި ހެދުން އެޅުމުގެ ޤަވާއިދާ އެއްގޮތަށް ބެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން، އިރާގް ސްކޫލްތަކުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޕާޓޭ ސްޓައިލަށް ބޯކޮށުމާއި ހެދުން އެޅުމާއި، މަދަރުސާގެ މާޙައުލާ ނުގުޅޭ ގޮތަށް އިސްތަށިގަނޑުގެ ކުލަ ޖެއްސުމާއި ޕާޓޭ ސްޓައިލަށް ބޯ ކޮށުން މަނާކޮށްފި އެވެ.
މިކަމާ ގުޅިގެން އިރާގުން ނެރެފައިވާ ބަޔާނެއްގައި ވަނީ ދަރިވަރުން އަބަދުވެސް ތިބެންޖެހޭނީ ސާފުތާހިރުކޮށް އަދި ތަރުތީބުކޮށް ކަމަށެވެ. އަދި ބެލެނިވެރިން މިކަމަށް ޚާއްސަ ސަމާލުކަމެއްދީ، ދަރިވަރުން ސްކޫލަށް ހާޒިރުވުމުގެ ކުރިން އެ ކުދިންގެ ކަންކަން ހުރީ ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރޭގައިތޯ ބަލައި ޔަޤީންކުރުމަށް ވަނީ އިރުޝާދުދީފައެވެ.




