އިރާން ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ޕެންޓަގަންއިން ހާމަކުރި އަދަދަށްވުރެ އިތުރު: ރިޕޯޓް

އިރާނާއެކު ކުރާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު، އެމެރިކާގެ ދިފާއީ ވުޒާރާއިން އާންމުކޮށް ހާމަކޮށްފައިވާ އަދަދަށްވުރެ އިތުރުކަން ހާމަވެއްޖެއެވެ. "ވޮޝިންގްޓަން ޕޯސްޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާން ހަނގުރމައިގެ ތެރޭގައި މަރުވި ސިފައިންގެ އަދަދު ޕެންޓަގަންގެ އާންމު ރެކޯޑުތަކުގައިވާ އަދަދަށްވުރެ 4 މީހުން އިތުރެވެ.

ޕެންޓަގަންގެ އެތެރޭގެ ގެން ގުޅޭ މަރުވާ އެމެރިކާ ސިފައިންގެ ޑޭޓާއާ ހަވާލާދީ އަދި އެމެރިކާގެ ދިފާއީ އިދާރާގެ އިސް އޮފިޝަލުންތަކަކާ ހަވާލާދީ "ވޮޝިންގްޓަން ޕޯސްޓް" އިން ބުނެފައިވަނީ، ހަނގުރާމައިގެ ތެރޭގައި އެމެރިކާ ސިފައިންގެ 22 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް ޕެންޓަގަންގެ ޑޭޓާބޭސްގައި މިހާތަނަށް ރެކޯޑުކޮށްފައިވަނީ 18 ސިފައިން މަރުވި ކަމަށެވެ.

މި މައުލޫމާތު ހާމަކުރި އޮފިޝަލުން ބުނެފައިވަނީ، އާންމުކޮށް ހާމަކުރާ އަދަދުތަކާއި އެތެރޭގެ ރެކޯޑުތަކާ ދެމެދު މިފަދަ ތަފާތެއް އުޅެނީ މަރުވާ ސިފައިންގެ މައުލޫމާތު އާއިލާތަކަށް އެންގުމާއި، ހާދިސާތައް ތަހުގީގުކުރުމުގައި ސިއްރު ވެރިކަމެއް ގެންގުޅުމުންނެވެ.

ހިއްސާ ކުރައްވާ!