އިރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގެ ތެރޭގައި އެމެރިކާ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އީރާނުން ފަސޭހައިން ވައްޓާލައި ނުވަތަ ނައްތާލައި ހެދުމަކީ މިހާރު "އާންމު ހަގީގަތަކަށް" ވެފައިވާ އާދައިގެ ކަމަށް ބުނެ، އިރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ޑރ މުހައްމަދު ބާގިރު ގާލިބާފް އެމެރިކާއަށް ޖޯކު ޖައްސަވައިފިއެވެ.
މީސް މީޑިއާ އެކްސްގައި ކުރެއްވި މެސެޖެއްގައި ގާލިބާފް ވިދާޅުވީ، އެމެރިކާގެ އެފް-35 އަދި އެފް-15 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވައްޓާލުމުން، އެ ބޯޓުތަކަށް ގެއްލުންވެފައިވާ ކަމަށް އިއުލާން ކުރާ ހިސާބަށް ދިއުމުން އެމެރިކާއަށް ގެއްލުން ލިބޭކަމަށް އެއްބަސްވާންޖެހޭ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށެވެ. އަދި މީގެ ކުރިން އެމެރިކާއަށް ބިރުވެރި ހުވަފެނެއްގެ ގޮތުގައި މިކަން އޮތް ނަމަވެސް މިއަދު އަމަލީ މައިދާނުގައި މި ކަމަކީ ހަގީގަތަކަށްވެފައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ގާލިބާފް ވަނީ އެމެރިކާއިން އާންމު ކޮށްފައިވާ ގެއްލުނު ބޯޓުތަކުގެ ލިސްޓުވެސް އޭނާގެ ޕޯސްޓްގައި ހިމަނުއްވާފައެވެ.






