ޑިމޮކްރެޓުންނަށް ޓްރަމްޕްގެ ތާއީދާ ނުލައި ހުއްޓުވޭނީ ކޮން ކަންކަމެއްހެއްޔެވެ؟

ސެނެޓުގެ އާ ޑިމޮކްރެޓިކް މެޖޯރިޓީއާއެކު، ސަރުކާރުގެ މަގާމުތަކަށާއި ފަނޑިޔާރުކަމަށް ޓްރަމްޕް ހުށަހަޅުއްވާ ކެންޑިޑޭޓުންނަށް ރުހުން ނުދީ ހިފެހެއްޓުމުގެ ބާރު ސެނެޓަށް ލިބިގެންވެއެވެ. މިއީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ނުވަތަ ރައީސްގެ ރުހުން ބޭނުންވާ ކަމެއް ނޫނެވެ.

އަދި އެއާއެކު، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޑިމޮކްރެޓިކް ޕާޓީގެ މެޖޯރިޓީން ނުރުހޭ ބިލްތައް ފާސްވިޔަނުދީ ހުއްޓުވުމުގެ ބާރު ލިބިގެން ވެއެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ސަރުކާރާ ގުޅޭ ތަޙުޤީޤުތައް ހިންގުމަށާއި ސަރުކާރުގެ މަސްއޫލުވެރިން ހާޒިރުކުރުމަށް ކޮމިޓީތަކުގެ ރިޔާސަތު ބޭނުންކުރުމުގެ ބާރު އިދިކޮޅު ޑިމޮކްރެޓުންނަށް ލިބިގެންވެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ލިބުމުން ސަރުކާރަށް ތަފާތު ސިޔާސަތުތަކެއް ތަންފީޒުކުރުމަށް މަޖުބޫރުކުރާ އާ ގާނޫނުތައް ނެރުމަށް ބާރު އެޅިދާނެއެވެ. މިކަމަކީ އާންމުކޮށް ދެ މަޖިލީހުގެ ތާއީދު ބޭނުންވާ ކަމެކެވެ. އެކަން ކުރެވޭ ވަރަށް ސާފު އަޣުލަބިއްޔަތު ލިބިފައި ވެއެވެ. ނަމަވެސް ގާނޫނުތައް ރައީސް ތަސްދީގު ކުރަން ޖެހޭނެއެވެ. އަދި ރައީސް ވީޓޯ ކޮށްފިނަމަ ރައީސްގެ ވީޓޯ ބާޠިލު ކުރުމަށް ބޭނުންވާ އަދަދުވެސް މިހާރު އޮތް ގޮތުން ޑިމކްރެޓުންނަށް ލިބިގެން ވެއެވެ.

އެހެންކަމުން، މަޖިލީހުގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް ލިބުމުން ގާނޫނުތައް ހެދުމަށާއި، ބަޖެޓު ފާސްކުރުމާއި އަދި ފާރަވެރިވުމަށް ގާނޫނު ހަދާ މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިގެން ހިނގައްޖެއެވެ. ނަމަވެސް، އެއަޣުލަބިއްޔަތުގެ ސަބަބުން ސިފައިންގ ކޮމާންޑާއި ޚާރިޖީ ސިޔާސަތު ހިންގުމުގެ ބާރު އެބޭފުޅުންނަކަށް ނުލިބޭނެއެވެ. އެ ބާރުތައް ޓްރަމްޕްގެ ރިޔާސީ ދައުރު ނިމެންދެން އޮންނާނީ ޓްރަމްޕްގެ އަތުގައެވެ.

ހިއްސާ ކުރައްވާ!