އެމެރިކާ: ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދޭ މީހަކަށް 20 މިލިއަން ޑޮލަރު

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ފައިސާގެ އިނާމެއް ދިނުމަށާއި، އެފަދަ ފަރާތްތަކަށް އެހެން ގައުމަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މީސް މީޑިއާ އެކްސްގައި އާންމުކުރި ބަޔާނެއްގައިވާ ގޮތުން، އެމެރިކާގެ ޚާރިޖީ ވުޒާރާގެ "ރިވާޑްސް ފޯ ޖަސްޓިސް" ޕްރޮގްރާމުގެ ދަށުން މި ފައިސާގެ އިނާމު ހުށަހަޅާފައި ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި ވަސީލަތްތަކާއި، އާލާތްތަކުގެ އިތުރުން ސައިންޓިފިކް މުޖުތަމަޢުގައި ހަރަކާތްތެރިވާ ޚާއްސަ މާހިރުންނާއި އޮފިޝަލުންގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށެވެ. މީގެ އިތުރުން، މައުލޫމާތު ދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެހެން ގައުމަކަށް ބަދަލުވުމުގެ ފުރުސަތުވެސް  އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.

މި އިނާމު ހުށަހަޅާފައިވާ "ރިވާޑްސް ފޯ ޖަސްޓިސް" ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އިނާމު ދިނުމުގެ ގާނޫނުގެ ދަށުން 1984 ވަނަ އަހަރު އުފެއްދި ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ފިތުނަ އުފައްދައި ބައިނަލްއަޤުވާމީ މައިދާން ގައި އެމެރިކާއަށް ފަހިކޮށްދިނުމަށް ބޭނުންވާ މުހިންމު ސިއްރު މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ރިޝްވަތު ދިނުމެވެ.

ހިއްސާ ކުރައްވާ!