"ޓެކްސްޕޭޔަރ އެލަޔަންސް އެގެއިންސްޓް ޖެނޮސައިޑް" އިން 11 ނޮވެމްބަރުގައި ޓްރަމްޕާއި އޭނާގެ މަސްއޫލުވެރިންނާ ދެކޮޅށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ގައްޒާގައި ޖެނޮސައިޑް ހިންގަން ބައިވެރިވި ކަމުގެ ހެކިތައް ހުށަހަޅާނެއެވެ. މިއީ 2026 ވަނަ އަހަރު އުފެދުނު އެމެރިކާގެ ޖަމާޢަތެކެވެ.
މި ޖަމާއަތަކީ އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ޖެނޮސައިޑަށް ހޭދަ ކުރާތީ އެކަމާ ދެކޮޅަށް އެކުލަވާލި ޖަމުއިއްޔާއެކެވެ.
މި ޖަމާއަތުގެ މެމްބަރުންނާއި އިންސާނީ ޙައްޤުތަކާ ބެހޭ ވަކީލުން ބައިވެރިވެގެން 11 ނޮވެމްބަރު ގައި ދަ ހޭގްގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) ގެ ޕްރޮސެކިއުޓަރުގެ އޮފީހަށް ހެކިތައް ހަވާލު ކުރާނީ އަމިއްލައަށެވެ.
އެފަރާތްތަކުން ގޮވާލަނީ، ގޮވާލައްވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި އެމެރިކާގެ އެހެނިހެން އިސް މަސްއޫލުވެރިން ހައްޔަރުކުރުމުގެ އަމުރު ނެރެއ ދިނުމަށެވެ.
އެއީ އިސްރާއީލަށް ސިޔާސީ ގޮތުންނާއި ޢަސްކަރީ، ޑިޕްލޮމެޓިކް އަދި މާލީ އެހީތެރިކަން ފޯރުކޮށްދީގެން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމާއި، ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް އެފަރާތްތަކުން އެހީތެރިވެދީފައިވާތީއެވެ.
އެފަރާތްތަކުން ހުށަހަޅާ ބަޔާންތަކުގެ ތެރޭގައި ޣައްޒާގައި މަސައްކަތް ކޮށްފައިވާ ޑޮކްޓަރުންގެ ބަޔާންތަކާއި، މަންޒަރު ދުށް މީހުންގެ ބަޔާންތަކާއި ޖަރީމާތައް ހިންގާކަން އެނގިގެން އެކަމާ ދެކޮޅަށް އަޑު އުފުލި މަސްއޫލުވެރިންގެ ބަޔާނާއި ހެކިތަކާއި، ވީޑިއޯތައް ހިމެނެއެވެ. މިއީ މި ޖަރީމާގައި އެމެރިކާގެ އެހީތެރިކަން ދިންކަން ސާބިތުކޮށްދޭ ހެކި ކަމަށް ބުނެއެވެ.
މި ޖަމާއަތުން ހަރަކާތްތެރި ވަނީ އެމެރިކާގެ ފެޑެރަލް ކޯޓެއްގައި ލިބުނު ކާމިޔާބީއަކަށްފަހު އެވެ.
13 އޮކްޓޫބަރު 2026 ގައި އެމެރިކާގެ ސަދަން ޑިސްޓްރިކްޓް އޮފް ނިއުޔޯކްގެ ޑިސްޓްރިކްޓް ޖަޖް ޖެސީ އެމް. ފަރމަން ވަނީ، އައި.ސީ.ސީ އާ ގުޅޭ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްދަ ކުރާ ޓްރަމްޕްގެ އެގްޒެކެޓިވް އޯޑަރ 14203 (ފެބްރުއަރީ 2025) ގެ ދަށުން، "ޓެކްސްޕޭޔަރ އެލަޔަންސް އެގެއިންސްޓް ޖެނޮސައިޑް" އާއި ޑިމޮކްރަސީ ފޯރ ދަ އެރަބް ވޯލްޑް ނައު (ޑޯން) ޖަމާއަތަށް އަށް ލިބިދާނެ މަދނީ އަދި ޖިނާއީ އަދަބުތަކުން ރައްކާތެރިކުރުމުގެ ވަގުތީ އަމުރެއް ނެރެދެއްވާފައެވެ.
ގާޒީ ނިންމެވީ އެފަދަ ހުރަސްތަކުގެ ސަބަބުން، ދަޢުވާކުރާ ފަރާތްތަކުން އައި.ސީ.ސީ އާ ވާހަކައްކައި މަޢުލޫމާތު ޙިއްޞާކުރުމުގެ ޙަރަކާތްތަކަށް ގާނޫނުއަސާސީން ކަށާވަރު ކޯށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުތަކަށް އުނިކަން ލިބޭކަމަށެވެ. ގާޒީގެ މިއަމުރު ހަނިވަނީ ހަމައެކަނި ދަޢުވާކުރި ފަރާތްތަކަށް އެކަންޏެވެ. މިއީ ޓްރަމްޕްގެ ރިއާސީ ގަރާރު މުޅިން ބާޠިލުކުރުމެއް ނޫނެވެ.
މިއިން ދޭހަވާ އަދި ދޭހަނުވާ ކަންކަމުގެ މުޙިއްމު ޚުލާޞާ:
- ރޯމް ސްޓެޗިއުޓްގެ 15 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްވެސް މަޢުލޫމާތު ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް މައުލޫމާތު ހުށަހެޅިދާނެއެވެ؛ އެ މައުލޫމާތަށް ފިޔަވަޅު އަޅާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އައި.ސީ.ސީ ގެ ޕްރޮސެކިއުޓަރެވެ.
އެމެރިކާއަކީ ރޯމް ސްޓެޗިއުޓްގެ ބައިވެރިއެއް ނޫނެވެ. އަދި އެމެރިކާގެ ރައްޔިތުންގެ މައްޗަށް އައި.ސީ.ސީ ގެ އިޚްތިޞާޞް ހިންގުމަށް އެމެރިކާއިން ދެކޮޅު ހަދައެވެ. - ވެރިކަމުގައި ތިއްބެވި އެމެރިކާގެ މަސްއޫލުވެރިން ހައްޔަރުކުރުމުގެ އަމުރު ނެރުމާއި އެއަށް ޢަމަލުކުރުމުގައި ޤާނޫނީ، ޢަމަލީ އަދި ސިޔާސީ ބޮޑެތި ހުރަސްތަކެއް ހުންނާނެއެވެ.







