އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި މީނިސޯޓާ ސްޓޭޓް ތަމްސީލުކުރައްވާ ރެޕްރެޒެންޓެޓިވް އިލްހާން ޢުމަރު، ކޮންގްރެސްއަށް އިންތިޚާބުވީ ފަސްވަނަ ދައުރަކަށެވެ.
ނޮވެމްބަރު 3، 2026 ގައި ބޭއްވުވި އިންތިޚާބުގައި ލިބުނު ކާމިޔާބީއާއެކު، އޭނާގެ ފަސްވަނަ ދައުރު ރަސްމީކޮށް ފައްޓަވާނީ ޖެނުއަރީ 3، 2027 ގައެވެ.
އިލްހާން ޢުމަރު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް މެންބަރެއްގެ ގޮތުގައި އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ :
- ނޮވެމްބަރު 2018 ގައި
- އޭގެފަހުން ޖެނުއަރީ 2019 އިން ޖެނުއަރީ 2021 އަށް އޭނާ ވަނީ ފުރަތަމަ ދައުރު ފުރިހަމަކުރައްވާފައެވެ.
- އެއަށްފަހު، ނޮވެމްބަރު 2020 ގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި ޖެނުއަރީ 2021 އިން ޖެނުއަރީ 2023 އަށް ދެވަނަ ދައުރު ފުރިހަމަކުރެއްވިއެވެ.
- ނޮވެމްބަރު 2022 ގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި ޖެނުއަރީ 2023 އިން ޖެނުއަރީ 2025 އަށް ތިންވަނަ ދައުރު ފުރިހަމަކުރެއްވިއެވެ.
- ނޮވެމްބަރު 2024 ގެ އިންތިޚާބު ކާމިޔާބުކުރައްވައި، ޖެނުއަރީ 2025 އިން ފެށިގެން ޖެނުއަރީ 2027 ގެ ނިޔަލަށް ހިނގަމުންދާ ހަތަރުވަނަ ދައުރު ފުރިހަމަ ކުރައްވާނެއެވެ.
މިންނެސޯޓާގެ 5 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓްގެ 2026 ވަނަ އަހަރުގެ ޢާންމު އިންތިޚާބުގައި، އޭނާއާ ދެކޮޅަށް އިތުރު ދެ ކެންޑިޑޭޓަކު ވާދަ ކުރިއެވެ. ދެމީހުންނަކީވެސް ހުދު ނަސްލުގެ ފިރިހެނުންނެވެ. އެއީ
-
ޖޯން ނާގަލް (ރިޕަބްލިކަން ޕާޓީ)
-
ދިވެލް އެލް. ޖެކްސަން (އިންޑިޕެންޑެންޓް / މިނިވަން)
މިއިންތިޚާބުގައި އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ އިލްހާން ޢުމަރު %76.5 (262,702 ވޯޓު) ހޯއްދެވިއިރު، ރިޕަބްލިކަން ޕާޓީގެ ޖޯން ނާގަލްއަށް ލިބިވަޑައިގަތީ %16.2 (55,765 ވޯޓު) އެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރުން ޚިދުމަތް ކުރައްވަނީ 2 އަހަރުގެ ދައުރުތަކެއްގައެވެ. އެމެރިކާގެ ރެޕްރެޒެންޓެޓިވުންނަށް ދައުރުގެ އަދަދުގެ އެއްވެސް ލިމިޓެއް ނޯވެއެވެ. އެހެންކަމުން، ކޮންމެ 2 އަހަރަކުން އަލުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އެބޭފުޅުންނަށް އޮވެއެވެ.






