އީރާނުން ދެމުންދާ އިންޒާރުތަކަށް ބިރުން އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވޮޝިންގޓަންގައި ހުރި އޭނާގެ އަމިއްލަ ގެ ދޫކޮށް، ސިފައިންގެ ޚާއްސަ މަރުކަޒަކަަށް ވަދެ ފިލައިފިއެވެ.
ނިއުޔޯކް ޓައިމްސް ނޫހުން އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ މިހާރުގެ އޮފިޝަލުންނާއި ކުރީގެ އޮފިޝަލުންނަށް އަމާޒުކޮށް އީރާނުން ދޭ އިންޒާރުތައް ވަނީ ކުރިއަށްވުރެ ބޮޑަށް "ނުރައްކާތެރި ފެންވަރަކަށް" ގޮސްފައެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބެސެންޓަށް އަމާޒުކޮށް އީރާނުން އިންޒާރުތައް ފޮނުވަމުންދަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އިޤްތިޞާދީ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރކާރުގެ އިސް އިންޓެލިޖެންސް އޮފިޝަލަކު މިދިޔަ މަހުގެ ފަހުކޮޅު ނެރުއްވި މެމޯއެއްގައި ވަނީ، އެމެރިކާގެ އޮފިޝަލުންނަށް ނުރައްކާ ކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް އިންތިހާއަށް ވަރުގަދަކޮށްފައިވާ ކަމަށް އިންޒާރު ކުރައްވާފައެވެ.
އެމެރިކާގެ ދާޚިލީ މައިދާން ގައި ނުވަތަ ބޭރު ގައުމެއްގައި ހަމަލާ އެއް ދިނުމުގެ ޤާބިލުކަން އީރާނަށް ލިބިފައިވާ މިންވަރާމެދު އެމެރިކާގެ އޮފިޝަލުން އަދިވެސް ސުވާލު އުފައްދަވައެވެ.
އެމެރިކާއިން ވަނީ އީރާނުގެ ލީޑަރު އިމާމް އަލީ ޚާމަނާއީ ޝަހީދުކޮށްލާފައެވެ. އަދި އީރާނުގެ ސައިންޓިސްޓުންނާއި މަސްއޫލުވެރިންގެ ގެތަކަށް ހަމަލަ ދީ އެމީހުންނާއި އެމީހުންގެ އާއިލާތައް ޝަހީދު ކޮށްލާފައެވެ. އެމެރިކާއިން ވަނީ ވަނީ އަސްކަރީ ހަމަލާތަކުގައި އީރާންގެ ސްކޫލުތަކާއި ހަސްފަތާލުތަކާއި ސައިންސް އިދާރާތަކަށ ްހަމަލަ ދީ ކުޑަކުދިންނާއި އާންމުންގެ އެތައް ހާސް ބަޔަކު ޝަހީދު ކޮށްލާފައެވެ.
އީރާނުން ސިފަ ކޮށްފައި ވަނީ އެމެރިކާގެ އަމަލު ތަކަކީ ޓެރަރިސްޓް ހަމަލަތަކެއް ކަމަށެވެ، އަދި މި ހަމަލަތަކަށް ބަދަލު ހިފާނެ ކަމަށް އީރާނުން އަބަދުވެސް ބުނަމުން ދެއެވެ.
ސްކޮތް ބެސެންޓު ބިރުން ފިލިނަމަވެސް އީރާނުން ބުނެފައި ވަނީ އެމެރިކާގެ ފަސްގަނޑުގައި އެއްވެސް މީހަކަށް އަމާޒުކޮށް ހަމަލާ ދިނުމަށް އީރާނުން އަދި ރާވަމުން ނުދާ ކަމަށެވެ.
ނިއުޔޯކް ޓައިމްސްއިން ފާހަގަކުރި ގޮތުގައި، ސެކިއުރިޓީ ނުރައްކާތަކާ ހުރެ ފާއިތުވި އަހަރުގެ ތެރޭގައި ޓްރަމްޕް ސަރުކާރުގެ މަދުވެގެން 6 އޮފިޝަލަކު ވަނީ ސިފައިންގެ މަރުކަޒުތަކަށް ނުވަތަ ޚާއްސަ ރައްކާތެރިކަން ދެވިފައިވާ ތަންތަނަށް ވަދެ ފިލާފައެވެ.
މީގެ ތެރޭގައި ދާދިފަހުން ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ސްޓީވަން މިލާވެސް ހިމެނިވަޑައިގަންނަވައެވެ.




