އެމެރިކާގެ ނިއުއޯކް އިން ފުރައިގެން ނިއު އޯލިއަންސް އަށް ދަތުރުކުރަމުންދިޔަ ޔުނައިޓެޑް އެއާލައިންސްގެ ބޯޓެއްގައި ބޮމެއް އޮތްކަމަށް ބުނެ ބިރުދައްކައި، ކެބިން އަށް ވަދެގަތުމަށް މަސައްކަތްކުރި ފަސިންޖަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާއާ ގުޅިގެން ޖެފަރސަން ކައުންޓީގެ ފުލުހުން ބުނީ، އުމުރުން 34 އަހަރުގެ ރޮނީ ގޯމޭޒް-އަބަރްޓޯ ނަމަކަށް ކިޔާ އެ ފަސިންޖަރު ބޯޓުގެ ފަޅުވެރިންނަށް ބިރުދައްކާފައިވަނީ އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނެ އެވެ. ބޯޓު ނިއު އޯލިއަންސްގެ ލުއިސް އާމްސްޓްރޯންގް ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ޖެއްސުމާއެކު، ސަލާމަތީ ބާރުތަކުން ވަނީ އެ މީހާ ހައްޔަރުކޮށްފައެވެ.
ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޔުނައިޓެޑް އެއާލައިންސްގެ 2174 ވަނަ ދަތުރުގެ ބޯޓު ވަނީ ރައްކާތެރިކަމާއެކު ޖައްސާފައެވެ. ބޯޓުގައި ތިބީ 46 ފަސިންޖަރުންނާއި 6 ފަޅުވެރިންނެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ފަސިންޖަރު ވަނީ ބޯޓުގެ ކޮކްޕިޓްގެ ދޮރު ވައްޓާލައި އެތައް ވަދެގަތުމަށް މަސައްކަތްކޮށްފައެވެ.
މިކަމާ ގުޅިގެން ޕައިލެޓުން ވަނީ ބޯޓު ހައިޖެކްކުރަން އުޅޭ ކަމުގެ ނުރައްކާތެރި ސިގުނަލެއް ދީފައެވެ. ނަމަވެސް، ފަޅުވެރިންގެ ހުށިޔާރުކަމާއެކު އޭނާ ބޯޓުގެ ފަހަތުބަޔަށް ގެންގޮސް ކޮންޓްރޯލްކުރެވުނެވެ.




