އިސްލާމީ މަރުކަޒުގައި މައި ހޯލުގެ ދާންމު ނުވަތަ ކާޕެޓް ބަދަލުކުރުމަށް ޕާކިސްތާނު ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީ، ޕާކިސްތާނު ހައި ކޮމިޝަނުގައި އަންގާރަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފައިސާގެ އެހީ ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ. މި އެހީގެ ޗެކް ހައި ކޮމިޝަނަރު ލޯދީ ހަވާލުކޮށްދެއްވިއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެ ޗެކާ ހަވާލުވެވަޑައިގެންނެވީ ޕާމަނަންޓް ސެކެޓްރީ އަޙްމަދު އަދީލެވެ.
ޕާކިސްތާނު ސަރުކާރުން ދިން މި މާލީ އެހީތެރިކަމުގެ ސަބަބުން، އިސްލާމީ މަރުކަޒުގެކާޕެޓް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރެވި، ވީއންމެ އަވަހަކަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި މިކަމަށްޓަކައި ޕާކިސްތާނު ސަރުކާރަށާއި، ހައި ކޮމިޝަނަރު ލޯދީގެ އިތުރުން ހައި ކޮމިޝަނުގެ މުވައްޒަފުންނަށް އެ ވުޒާރާއިން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.






